ކޯވިޑް19: އިއްޔެ އިތުރު 54މީހަކު ފައްސިވެއްޖެ!

Loading

Facebook
Twitter
WhatsApp
   ރާއްޖެއިން ކޯވިޑް19 އަށް އިތުރު 54 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 04 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި50 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.
    އިއްޔެ ފައްސިވީ މީހުންގެ ތެރެއިން 30 މީހުންނަކީ ދިވެހިންނެވެ. އަދި އަނެއް 24 މީހުންނަކީ ބިދޭސީންކަން ފާހަގަ ކޮށްލެވެއެވެ. ކޯވިޑް19 ފެތުރެން ފެށިއިރު ފައްސިވާ ބިދޭސީންގެ ނިސްބަތް ގިނަ ނަމަވެސް، މިހާރު ވަނީ އެނިސްބަތް ވަރަށް ބޮޑަށް ދަށަށް ގޮއްސައެވެ.
    އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ  9939 އަށް އަރައިފައެވެ. އޭގެ ތެރޭގައި  1301 އެކްޓިވް ކޭސް ހިމެނޭއިރު، 87 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ. އަދި އައިސޮލޭޝަން ފެސިލިޓީ ތަކުގައި  645  މީހަކުވަނީ އެކަހެރި ކުރެވިފައެވެ.
    އިއްޔެއާއި ހަމަޔަށް އަތޮޅުތެރޭގައި 21 ރަށެއްގައި އެކްޓިވް ކޭސްތައް ހުރިއިރު، އޭގެ ތެރޭގައި  26 ރިސޯޓް ހިމެނެއެވެ. ރިސޯޓްތަކުން ވަނީ 34 މުވައްޒަފުންނާއި، 14 ފަތުރުވެރިޔަކު މިބައްޔަށް ފައްސިވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް