ދިއްދޫ ނެކްސްޓް ބައި ވޮލީބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި!

Loading

Facebook
Twitter
WhatsApp

ހއ.ދިއްދޫގައި އޮންނަ ”ނެކްޓް ބައި ވޮލީބޯޅަ މުބާރާތް 2020“ ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މުބާރާތަކީ ހއ.ދިއްދޫ އިޖުތިމާޢީ މަރުކަޒާއި ނެކްސްޓް ބައި ފިހާރަ ގުޅިގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.

މިމުބާރާތުގެ އެންމެ ބޮޑު އެއް މަޤްސަދަކީ ވޮލީގެ ހުނަރު ޒުވާނުންގެ މެދުގައި ކުރިއެރުވުމާއި، އެރަށުގައި ވޮލީ ކުޅުންތެރިން އުފެއްދުން ކަމަށް މުބާރާތުގެ އިންތިޒާމް ކޮމިޓީއިން މަޢުލޫމާތު ދެއެވެ.

މިމުބާރާތުގެ ޤަވާއިދުގެ ތެރޭގައި ވަރަށް ޚާއްސަ ނުކުތާތަކެއް ފާހަގަ ކޮށްލެވެއެވެ. އެގޮތުން މިމުބާރާތަކީ ދިއްދޫގެ ޒުވާނުންނަށް ޚާއްސަ މުބާރާތެއް ކަމުން، ކޮންމެ ޓީމެއްގައިވެސް ރަށުން ބޭރުން ހިމެނޭނީ އެއް ކުޅުންތެރިއެކެވެ. އަދި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން 18 އަހަރުން ދަށުގެ 2 ކުޅުންތެރިން ކޮންމެ ޓީމެއްގައި ހިމެނުން ވަނީ މަޖުބޫރުކޮށްފައެވެ. މިއީ އާއްމުކޮށް ރަށްރަށުގައި ކުޅޭ މުބާރާތްތަކުން ނުފެންނަ، ތަފާތު އުސޫލެކެވެ.

މުބާރާތުގައި ބައިވެރިވާ ޓީމްތަކުން އެކަމަށް އެދޭ ފޯމް 27 ސެޕްޓެމްބަރުގެ 18:00ގެ ކުރިން ދިއްދޫ އިޖުތިމާޢީ މަރުކަޒަށް ހުށަހަޅަން ޖެހެއެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 5 އޮކްޓޫބަރުގައެވެ. އަދި މެޗުތައް ކުޅުމައް ހަމަޖެހިފައިވަނީ އިޖުތިމާޢީ މަރުކަޒުގެ ވޮލީ ކޯޓުގައެވެ. މި މުބާރާތަކީ ފިރިހެނުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް