ޕްރިމިއަރި ލީގް: ވުލްވްސް ބަލިކޮށް ސިޓީ 3-1 އަކުން މެޗް ކާމިޔާބު ކޮށްފި!

Loading

Facebook
Twitter
WhatsApp

ޕްރިމިއަރ ލީގުގައި ރޭ ސިޓީއާއި ވޮލްވްސް ބައްދަލު ކުރި މެޗް 3-1 ގެ ނަތީޖާއިން ސިޓީ ކާމިޔާބުކޮށްފިއެވެ.
ރޭގެ މެޗްގެ ފުރަތަމަ ހާފް ފެށިގެން ދެޓީމުގެ ފަރާތުންވެސް ފެނިގެން ގޮސްފައިވަނީ ހަމަހަމަ ކުޅުމެކެވެ. މެޗްގެ 20 ވަނަ މިނިޓުގައި ސިޓީގެ ފުރަތަމަ ގޯލް ކާމިޔާބު ކޮށްފައިވަނީ ލިބުނު ޕެނަލްޓީއަކުންނެވެ. މިގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ އެޓީމުގެ ތަރި ޑީ ބުރޫނޭ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ސިޓީއިންވަނީ އިތުރު ލަނޑެއް ޖަހާ ލީޑް ފުޅާ ކޮށްދީފައެވެ. މިލަނޑު ސިޓީއަށް ކާމިޔާބުކޮށްދިނީ މެޗްގެ 32 ވަނަ މިނިޓުގައި އެޓީމުގެ ފޯޑެންއެވެ. ފުރަތަމަ ހާފް ނިމިގެން ގޮސްފައިވަނީ 2-0 އަކުން ސިޓީ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފް ފެށިގެން އައިއިރު ވޮލްވްސްއިން ވަނީ ކުޅުން ވަރަށް ބޮޑަށް ރަނގަޅު ކޮށްފައެވެ. ދެވަނަ ހާފްގައި ޖެހިޖެހިގެން ނުރައްކާތެރި ހަމަލާތަކެއް އުފައްދަމުން އައިސް، އެޓީމުގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްފައިވަނީ 78 ވަނަ މިނިޓުގައި ޖިމެނޭޒް އެވެ. އެގޯލް އޭނާ ކާމިޔާބުކޮށްދިނީ އޭރިއާ ތެރެއަށް ނަގައިދިން ހުރަހެއް ނިއަރ ޕޯސްޓުން ވަރަށް ރީތިކޮށް ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ. މެޗް ނިމުމުގެ ކުރިން ސިޓީއިން ކުޅުން ރަނގަޅުކޮށް، އެޓީމުންވަނީ އިތުރު ގޯލެއް ކާމިޔާބު ކޮށްފައެވެ. މިލަނޑު ކާމިޔާބު ކޮށްދިނީ މެޗްގެ އިތުރުވަގުތުގެ ތެރޭގައި އެޓީމުގެ ފޯވަރޑް ގެބްރިއަލް ޖޭސުސްއެވެ.
މިއީ ސިޓީއިން މިސީޒަންގައި ކުޅުނު ފުރަތަމަ މެޗެވެ. ދެން އެޓީމުގެ މެޗެއް އެންމެ އަވަހަށް އޮތީ އަންނަ މަހުގެ 19 ވަނަ ދުވަހު ކްރިސްޓަލް ޕެލަސްއާއި ދެކޮޅަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް