ކޯވިޑް19: އިއްޔެ އިތުރު 46 މީހަކު ފައްސިވެއްޖެ!

Loading

Facebook
Twitter
WhatsApp

   ރާއްޖެއިން ކޯވިޑް19 އަށް އިތުރު 46 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 2 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި 44 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.
އިއްޔެ ފައްސިވީ މީހުންގެ ތެރެއިން 31 މީހުންނަކީ ދިވެހިންނެވެ. އަދި އަނެއް 15 މީހުންނަކީ ބިދޭސީންކަން ފާހަގަ ކޮށްލެވެއެވެ. ކޯވިޑް19 ފެތުރެން ފެށިއިރު ފައްސިވާ ބިދޭސީންގެ ނިސްބަތް ގިނަ ނަމަވެސް، މިހާރު ވަނީ އެނިސްބަތް ވަރަށް ބޮޑަށް ދަށަށް ގޮއްސައެވެ.
އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ  9770 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 1340 އެކްޓިވް ކޭސް ހިމެނޭއިރު، 96 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ. އަދި އައިސޮލޭޝަން ފެސިލިޓީ ތަކުގައި 692 މީހަކުވަނީ އެކަހެރި ކުރެވިފައެވެ.
އިއްޔެއާއި ހަމަޔަށް އަތޮޅުތެރޭގެ 22 ރަށެއްގައި އެކްޓިވް ކޭސްތައް ހުރިއިރު، އޭގެ އިތުރުން 27 ރިސޯޓް ހިމެނެއެވެ. ރިސޯޓްތަކުގެ އެކްޓިވް ކޭސްތަކުގެ ތެރޭގައި 39 މުވައްޒަފުންނާއި، 16 ފަތުރުވެރިޔަކު ހިމެނެއެވެ.
އަދި މި ބަލީގައި އިއްޔަ އުމުރުން ދުވަސްވީ މީހަކު ވަނީ ނިޔާވެފައެވެ.
އެއީ 90 އަހަރުގެ ފިރިހެނެއް ކަމަށް އެޗް.ޕީ.އޭ އިން ވަނީ ހާމަކޮށްފައެވެ. މިއާއެކު މި ބަލީގައި މަރުވި މީހުންގެ އަދަދު 34  އަށް ވަނީ އަރާފައެވެ.
ރޭ އެހްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އެޑިއުކޭޝަން މިނިސްޓްރީން، ޑެޕިއުޓީ މިނިސްޓަރ މުހައްމަދު އިހުސާން ބައިވެރިވެފައެވެ. އިހުސާން ވަނީ ސްކޫލްތަކުގެ ކިޔެވުން ރޭވިފައިވާ ގޮތާއި މެދު މަޢުލޫމާތު. ދެއްވައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް