ޗެލްސީއާއި ވާދަކޮށް ލިވަޕޫލަށް ފަސޭހަ މޮޅެއް!

Loading

Facebook
Twitter
WhatsApp

ޕްރިމިއަރ ލީގުގެ ނިމިދިޔަ ސީޒަންގެ ޗެމްޕިއަން ލިވަޕޫލާއި، ޗެލްސީ ބައްދަލުކުރި މެޗު 2-0 ގެ ނަތީޖާއިން ފަސޭހަކަމާއިއެކު ލިވަޕޫލްއިން ކާމިޔާބުކޮށްފިއެވެ.

ރޭ ޗެލްސީގެ ދަނޑުގައި ކުޅެވުނު މިމެޗުގެ ފުރަތަމަ ހާފްގައި ދެޓީމުންވެސް ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް އެއްވެސް ޓީމެއްގެ ފަރާތުން ގޯލެއް ފެނިގެން ގޮސްފައެއް ނުވެއެވެ. ފުރަތަމަ ހާފްގެ 45 މިނިޓުގެ ކުޅުން ނިމި އިތުރު ވަގުތުގެ ތެރޭގައި ވަނީ ޗެލްސީގެ ކްރިސްޓެންސެންއަށް ރަތް ކާޑެއް ދައްކައިފައެވެ. ފުރަތަމަ ހާފް ނިމިގެން ގޮސްފައިވަނީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވިއެވެ.

މެޗްގެ ގޯލްތައް ފެނިގެން ގޮސްފައިވަނީ ދެވަނަ ހާފްގައެވެ. މެޗުގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ ދެވަނަ ހާފް ފެށިގެން 50 ވަނަ މިނިޓުގައި ލިވަޕޫލްގެ ފޯވަރޑް ސާޑިއޯ މާނޭއެވެ. އޭގެ ފަހުން މާގިނަ އިރުތަކެއް ނުވެ 54 ވަަނަ މިނިޓުގައި އަނެއްކާވެސް މާނޭވަނީ ގޯލެއް ކާމިޔާބު ކޮށްދީ ލިވަޕޫލަށް ލީޑް ފުޅާކޮށްދީފައެވެ. މެޗުގައި ޗެލްސީއަށްވެސް ވަނީ ގޯލެއް ކާމިޔާބު ކުރަން ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން މެޗްގެ 73 ވަނަ މިނިޓުގައި ޗެލްސީއަށް ލިބުނު ޕެނަލްޓީވެސް ވަނީ ލިވަޕޫލްގެ ކީޕަރ ވަރަށް ހުށިޔާރު ކަމާއިއެކު ދިފާޢު ކޮށްފައެވެ.

މެޗަށްފަހު ސާޑިއޯ މާނޭ ބުނެފައިވަނީ އެއީ ލިވަޕޫލަށް އުނދަގޫ މެޗެއް ކަމަށެވެ. އެގޮތުން ފުރަތަމަ ހާފްގައި އުނދަގޫވި ނަމަވެސް ޗެލްސީގެ ރަތް ކާޑަށްފަހު މެޗް ފަސޭހަވީ ކަމަށް އޭނާ ބުންޏެވެ. އަދި އޭނާ އަށް އެފައުލް ކުރި ހިސާބުން އެއީ ރަތް ކާޑެއްކަން ޔަޤީންވީ ކަމަށްވެސް މާނޭ ބުނެފައިވެއެވެ.

މި ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ޗެލްސީއިން ވަނީ މުހިންމު ކުޅުންތެރިންތަކެއް އެޓީމަށް ގެނެސްފައެވެ. ނަމަވެސް މިމެޗުގައި އެކުޅުންތެރިންގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ނުހިފޭ ކަމަށް ގިނަ ބަޔަކު ބުނަމުން ދެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް