ޗައިނާގެ އެކްސްޕޯޓު ވިޔަފާރިއަށް އެންމެ ބޮޑު ވެއްޓުމެއް މިދިޔަ މަހުގެ ތެރޭގައި

Loading

Facebook
Twitter
WhatsApp
Source: REUTERS

ކޯވިޑް-19 ގެ ޢާލަމީ ވަބާއާއި ގުޅިގެން ބައިނަލްއަޤްވާމީ އިޤްތިޞާދުގެ މަޞްރަޙަށް އައި ހީނަރުކަމާއެކު، ޗައިނާގެ އެކްސްޕޯޓު ވިޔަފާރި ދަށްވެ، އެންމެ ބޮޑު ވެއްޓުމެއް ރިކޯޑުކުރެވިފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ.

އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ޗައިނާގެ ވިޔަފާރި ބާޒާރަށް ލިބުނު ކުރިއެރުމާއި އާރޯކަން މަޑުޖެހިފައިވާއިރު، އަހަރުގެ ބާކީ އޮތް މަސްތަކުގައި އިތުރަށް ވިޔަފާރި ދަށަށް ދާނެކަމަށް މާހިރުން ވަނީ ލަފާކޮށްފައެވެ.

އެގޮތުން، ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިޤްތިޞާދެއް އޮންނަ ޗައިނާގެ ކަސްޓަމްސް ބިއުރޯގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، އޭގެ ކުރީގެ އަހަރުތަކާއި އަޅާ ބަލާއިރު، ނިމިދިޔަ ޖޫންމަހުގައި ޗައިނާއިން ބޭރުކުރާ މުދަލުގެ އަދަދު 12.4 އިންސައްތަ ދަށަށް ގޮސްފައިވެއެވެ. އަދި މެއި މަހު މި އަދަދު ވަނީ 7.5 އިންސައްތަ ދަށަށް ގޮސްފައެވެ.

ހަމައެއާއެކު، ޖޫންމަހު ޗައިނާއަށް އެތެރެކުރި މުދަލުގެ އަދަދުވެސް ނިސްބަތުން 6.8 އިންސައްތަ ދަށަށް ގޮސްފައިވާއިރު، މެއި މަހު މިއަދަދު ހުރީ 4.5 އިންސައްތަ ދަށުގައެވެ.

ޗައިނާގެ ކެޕިޓަލް އިކޮނޮމިކްސްގައި މަސައްކަތް ކުރައްވާ އިޤްތިޞާދީ މާހިރެއްކަމަށްވާ ޒިޗުން ހުވާންގްއާއި ހަވާލާދީ ރޮއިޓަރސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ދުނިޔޭގެ އިޤްތިޞާދީ މަސްރަހަށް ބަލާއިރު، ޗައިނާއިން އެކްސްޕޯޓުކުރާ މުދަލުގެ މިންވަރު އިތުރަށް ދަށްވާނެއެވެ. އެހެންނަމަވެސް އަހަރު ނިމޭ ހިސާބުގައި ބާޒާރު ހަމައަކަށް އެޅޭނެއެވެ.

”ރަނގަޅުކަމަކީ، ގަބޫލުކުރެވޭ ގޮތުގައި އެހެން ގައުމުތަކުން ޗައިނާގެ މުދަލަށް ދަށްވެފައި އޮތް ޑިމާންޑް ދެންދާނީ އިތުރުވަމުންކަން.“ އޭނާ ވިދާޅުވިއެވެ.

ޗިޕް ޓެކްނޮލޮޖީއާއި އެހެނިހެން ޑިޕްލޮމެޓިކް މައްސަލަތަކާހުރެ ޗައިނާގެ އެންމެ ބޮޑު އެކްސްޕޯޓު ކްލަޔަންޓް ކަމުގައިވާ އެމެރިކާއިން އެގައުމުގެ މުދާ ގަންނަ މިންވަރު މަދުކޮށްފައިވީވނަމަވެސް، ރަޝިއާއަށް އެތެރެކުރާ ޗައިނާގެ މުދަލުގެ އަދަދު އިތުރުވަމުން އަންނަކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް