އޭލެވެލް އިމްތިހާން ހަދާ ސެންޓަރު ހުރި ރަށަކަށް ދަރިވަރުން ދިޔުމަށް އެދިއްޖެ!

Loading

Facebook
Twitter
WhatsApp
    އެޑެކްސެލް އޭއެސް އިމްތިހާނުތައް މިއަހަރުގެ އޮކްޓޯބަރގައި ހަދާ ދަރިވަރުން އެދަރިވަރަކު އިމްތިހާން ހަދާ ސެންޓަރެއް ހުރި ރަށަށް ދިޔުމަށް ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް (ޑީޕީއީ) އިން އެދިއްޖެއެވެ.
    ޑީޕީއީން ކުރި އިއުލާނެއްގައި ވަނީ، މިއަހަރުގެ އެޑެކްސެލް އައިއޭއެލް އިމްތިހާނުތައް ހަދާ ދަރިވަރުން މިހިނގާ ސެޕްޓެމްބަރ މަހުގެ 27 ވާ އާދިއްތަ ދުވަހުގެ ކުރިން އެދަރިވަރަކު އިމްތިހާން ހަދާ ސެންޓަރެއް ހުރި ރަށަކަށް ދިޔުމަށް އިލްތިމާސް ކޮށްފައެވެ.
     މި އިމްތިހާން ފުރަތަމަ ބާއްވަން ހަމަ ޖެހިފައި އޮތީ މިއަހަރުގެ މޭ/ޖޫން ގައެވެ. ނަމަވެސް ކޯވިޑް19 އާއި ގުޅިގެން އިމްތިހާންތައް ފަސްކުރީ ސްކޫލްތައްވެސް ބަންދުކުރަން ޖެހުމުގެ ސަބަބުންނެވެ. މިކަމުގެ ސަބަބުން ކުދިންގެ ކިޔެވުމަށް އެތަކެއް ނުރަނގަޅު އަސަރުތަކެއް ކޮށްފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އޮންލައިން ކޮށް ކިޔަވައިދިން ނަމަވެސް ގިނަ ކުދިންގެ ކިބައިން އެކަމުން އެންމެ އެދެވޭ އަސަރު ފެނިފައެއް ނުވެއެވެ. އޮންލައިން ކޮށް ކިޔެވުމަށް ރާއްޖޭގެ އިންޓަރނެޓްގެ ހާލަތު ހުރިގޮތުން ގިނަ ކުދިންނަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެއެވެ.
    މިދުވަސްވަރުވެސް މާލޭގައި ކިޔަވައިދެމުން ގެންދަނީ ހަމައެކެނި ގްރޭޑް 11، 12 ގެ ދަރިވަރުންނަަށެވެ. ޖުލައި މަހު ގްރޭޑް 9 އަކުން މައްޗައް ކިޔަވައިދޭން ފެށިނަމެވެސް ކޭސްތައް ގިނަވުމާއި ގުޅިގެން ސްކޫލައް ދިޔުން އަނެއްކާވެސް ވަނީ މަޑު ޖައްސާލައިފައެވެ.
    މިއަހަރުގެ އައިއޭއެލް އިމްތިހާނުތަކުގައި ރާއްޖެއިން ޖުމްލަ 1529 ކެންޑިޑޭޓުން ބައިވެރިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް