ރައީސްގެ އެމެރިކާގެ ދަތުރުފުޅުގެ ޚަރަދުތައް ހާމަކުރަން އެންގި މައްސަލަ ސްޕްރީމް ކޯޓަށް

Loading

Facebook
Twitter
WhatsApp

އދ. ގެ ޢާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ރައީސް އިބުރާހިމް މުޙައްމަދު ޞާލިހު އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ޚަރަދުތައް ހާމަކުރެއްވުމަށް އިންފޮރމޭޝަން ކޮމިޝަނަރު އެންގި މައްސަލަ ދައުލަތުން ސްޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

އދ ގައި ތަގުރީރު ކުރެއްވުމަށް ރައީސާއި ސަރުކާރުގެ އިސް ވަފުދެއް 2021 ވަނަ އަހަރު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ޚަރަދުތައް ހިމެނޭ ރިސީޓްތައް ހާމަކުރުމަށް އިންފޮރމޭޝަން ކޮމިޝަނަރު އެންގެވި މައްސަލައަށް މިދިޔަ މެއިމަހު ހައިކޯޓުންވަނީ ތާއީދު ކޮށްފައެވެ.

އެ ހުކުމް އިސްތިއުނާފުކުރަން ދައުލަތުގެ ފަރާތުން ސްޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ އާދީއްތަ ދުވަހުއެވެ.

އެ މައްސަލަ ބަލައިގަތުމާމެދު ސްޕްރީމް ކޯޓުން އަދި ވަކި ގޮތެއް ނުނިންމަވައެވެ.

ދައުލަތުން ބުނެފައިވަނީ ރިސީޓްތައް ހާމަކޮށްފިނަމަ ރައީސްގެ ސެކިއުރިޓީ އަށް ބުރޫއަރައި އަދި ބައެއްގެ ޒާތީ މަޢުލޫމާތު ޢާންމުވެދާނެ ކަމަށެވެ. ނަމަވެސް ހައިކޯޓުން އެންގެވީ އެފަދަ މައުލޫމަތުތައް އުނިކުރުމަށްފަހު ވެސް ޚަރަދުތަކުގެ ރިސީޓްތައް ހާމަކުރަން ޖެހޭނެ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް