އެފްރިކާގެ އެރިތުރިޔާއިން ހިހެއްޓީ ދެޓަގު ބޯޓު ރާއްޖެ ގެނެވޭނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓްރީއިން ދީފި

Loading

Facebook
Twitter
WhatsApp

މިސްރުގައި ބަނދެގެން ރާއްޖެ އަންނަނިކޮށް މޫސުމް ގޯސްވެގެން އެފްރިކާގެ އެރިތުރިއާގައި ބަނދަރު ކިރުމުން އެގައުމުން ހިފަހައްޓާފައިވާ ފިއުލް ސަޕްލައި މޯލްޑިވުސް ( އެފްއެސްއެމް) ގެ ދެ ޓަގު ބޯޓު ރާއްޖެ ގެނެވޭނެކަމުގެ ޔަގީންކަން ރާއްޖޭގެ ފޮރިން މިނިސްޓްރީ ދީފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ދެޓަގު ބޯޓު އެރިތުރިޔާގައި  ބަނދަރުކުރީ މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުއެވެ. އެފްރިކާގެ ސިފައިން އެ ދެ ބޯޓު ހިފެހެއްޓީ ހުއްދަ ނުހޯދައި އެރިތުރިޔާގަށް އެތެރެވިކަމަށް ބުނެއެވެ.

ބޯޓުގައި ތިބި ފަޅުވެރިން ވަނީ ރާއްޖެ ގެނެސްފައެވެ.

ނަމަވެސް އެ ދެ ބޯޓު ގެނެވޭނެ ގޮތެއް ނެތް ކަމަށާއި އެފްއެސްއެމްގެ އޮފިޝަލުންނަށް އެ ގައުމަށް ދެވޭނެ ގޮތެއް ނެތްކަށް އެކުންފުނިން ވަނީ ކުރިން ބުނެފައެވެ.

އެފްއެސް އެމްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ގަސަމް ވިދާޅުވެފައިވަނީ އެ ގައުމަށް ގޮސްގެން މައްސަލަ ޙައްލުކުރުމަށް ވިސްނި ނަމަވެސް އެގައުމުން އެއްބާރުލުން ނުދޭތީ އެކަންވެސް ނުވިކަމަށެވެ.

“ ގާނޫނި ގޮތުން ކުރިއަށް ދާން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، މިހާރު އެކޮޅުން ލޯޔަރެއް ހަޔާރކޮށްގެން އެކަންތައް ކުރިއަށްއެބަދޭ“ ގަސަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވަނީ ބޯޓު ގެނައުމުގެ މަޝްވަރާތައް ފޮރިންމިނިސްޓްރީއާއެކު ވެސް ކުރިއަށް އެބަދާ ކަމަށެވެ.

“ ފޮރިންމިނިސްޓްރީއިން ވަރަށްމަސައްކަތް އެބަކުރޭ ބޯޓުތައް ގެނައުމަށް މިނިސްޓަރު ވެސް އެކަމާ މަސައްކަތް އެބަކުރައްވާ. މިނިސްޓްރީއިން ޔަގީންކަން ދޭ ބޯޓްތައް ރާއްޖެ ގެނެވޭނެކަމަށް“ ގަސަމް ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް