ރިޔާސީ އިންތިޚާބަށް އޮންލައިންކޮށް ރީރަޖިސްޓްރީވެވޭ ގޮތަށް މި މަހުގެ 16 ގައި ހުޅުވައިލަނީ

Loading

Facebook
Twitter
WhatsApp

ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ އެހެން ރަށެއްގައި ވޯޓުލާން އޮންލައިންކޮށް ރީރަޖިސްޓްރީވެވޭ ގޮތަށް މިމަހުގެ 16 ވަނަދުވަހު ރެޖިސްޓްރޭޝަނަށް ހުޅުވާލަން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސިޔާސީ ޕާޓީތަކާއެކު ބޭއްވި ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި އީސީގެ ނާއިބު ރައީސް އިސްމާއީލް ޙަބީބު ވިދާޅުވީ ރީރެޖިސްޓްރީ ކުރަން 21 ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށެވެ. އެކަމަކު މިފަހަރު ލިބޭނެ ފަސޭހައަކީ އެމީހަކު ހުރިތަނަކުން އޮންލައިންކޮށް ފޯމު ހުށަހެޅޭގޮތަށް އޮތް އޮތުން ކަން ފާހަގަކުރެއްވިއެވެ.

ކޮންމެ އިންތިޚާބެއްގައިވެސް ގިނަ އަދަދެއްގެ ބަޔަކު ވޯޓުލާން ރަޖިސްޓްރީ ވެއެވެ. މިކަން ކަމުގައި 5،500 އޮފިޝަލުން ހަރަކާތް ތެރިވާނެއެވެ. އެހެނަސް އަދި މިހާތަނަށް ލިބުނީ 3،300 އޮފިޝަލުންކަމަށް ޙަބީބު ވިދާޅުވިއެވެ.

މި އިންތިޚާބުގައި 278،000 އަށްވުރެ ގިނަބަޔަކަށް ވޯޓުލުމުގެ ހައްގު ލިބެއެވެ. އެކަމަކު ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވުމުން މި އަދަދު ބަދަލުވުމަކީ ވެސް އެކަށީގެން ވާކަމަށް އިލެކްޝަނުން ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް