ޑިމޮކްރެޓްސްއަކީ އެމްޑީޕީގެ ''ބޮޑުބައި''

Loading

Facebook
Twitter
WhatsApp

”ދަ ޑިމޮކްރެޓްސް“ އަކީ އެމްޑީޕީގެ ބޮޑުބައި ކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މުޙައްމަދު ނަޝީދު މިހެން ވިދާޅުވީ “ ދަ ޑިމޮކްރެޓްސް“

ުއުފެއްދުމަށްޓަކާ އެ ޕާޓިގެ ފަރާތުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރަޢީސް ނަޝީދު ވިދާޅުވީ “ ދަ ޑިމޮކްރެޓްސް “ އަކީ އެމްޑީޕީގެ ބައެއް ކަމަށާއި އެމްޑީޕީ ދެބައިވީ އެ ޕާޓީގެ ފަރާތުން ވެފައިވާ ރިޔާސީ ވަޢުދުތަކަށް އެ ޕާޓީން އިހުތިރާމު ނުރުމުން ކަމުގައެވެ.

އޭގެ އިތުރުން ރައްޔިތުމީހާއަށް ދައުލަތުން ލިބެންޖެހޭ މިންވަރު ނުދިނުމާއި ޝަރުޢީ ނިޒާމްގެ އިތުބާރު ރައްޔިތުންގެ ކުރިމަތީގައި ގެއްލިދިއުމާއި ދައުލަތުގެ މާލިއްޔާއިން ރައްޔިތުން ބޭނުންވާ ގޮތް ނޫން އެހެން ގޮތް ގޮތަށް ޚަރަދުތައް ކުރުމާއި ދައުލަތުގެ ދަރަނި ބޮޑުވުމާއި ރައްޔިތުން ބިކަޙާލުގައި ޖެއްސުމާއި އަދި މިފަދަ އެތައް ކަމެއް ހިނގަމުން ދާތީ ކަންވެސް އެމަނިފާނު ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން ރައްޔިތުންގެ ފައިސާއަށް ޚިޔާނާތް ތެރިވަމުން ދިއުންފަދަ އެތައްކަމެއް އެމްޑީޕީން ކުރަމުންގެންދާކަމަށް ވެސް ވިދާޅުވިއެވެ.

މިދެންނެވި ފަދަ އެތައްކަމެއް ތަކުރާރުވަން ދާތީ ޕާޓީ ދެބައިވެފައިވާ ކަންވެސް ފާހަގަ ކުރެއްވިއެވެ.

”މިއީ [ޑިމޮކްރެޓްސް އަކީ] އެ ޕާޓީގެ ބޮޑު ބައިކަމާ ގުޅޭ ގޮތުން އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެއް ނުުއުފެދޭ. އަޅުގަނޑު ދަ ޑިމޮކްރެޓްސްގެ ބޭފުޅުންނަށް ޔަގީންކޮށް އަރުވަން އިރާދަކުރެއްވިއްޔާ ތި ބޭފުޅުންނަކީ ކުރީގެ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ %80“

އެމްޑީޕީގެ އެޖެންޑާ 19 ގައި ބަޔާން ކުރެވިފާ ވަޢުދުތައް ނުފުއްދުމަކީވެސް ޕާޓީ ދެބައިވާން ޖެހުނު ސަބަބެއްކަން ނަޝީދު ފާހަގަކުރެއްވިއެވެ. 

Loading

One Response

  1. ބަޔަކު ވަކިގޮތަކަށް ކަމެއް ކުރި ނުވަތަ ކުރާކަން އެނގިވަޑައަންނެވީ ކެންޑިޑޭޓަކަށް ނުވިހިސާބުން ކަމަށްވުމުން ނަޒާހަތްތެރިކަމުގެ މިންވަރާމެދު ސުވާލު އުފެއްދުމުގެ ފުރުސަތު އެބައޮތެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް