އެންމެ ހަރުކަށި މީހުންނަކީ އިސްލާމް ދީނާއި ދެކޮޅު ވިސްނުން ގެންގުޅޭ އަދި އެ ދީނާއި ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކެވެ. އިސްލާމް ދީން ނޫން ގޮތެއް ހޯދުމަށް ވަކާލާތުކުރާ މީހުންނެވެ.
ޔަޢުނީ ގުރުއާނާއި ސުންނަތް ނޫންގޮތެއް އިސްލާމީ ގައުމެއްގެ ވެރިކަމާއި ސަގާފަތަށާއި ދިރިއުޅުމަށް އަދި ވިސްނުމަށް ގެނައުމަށް މަސައްކަތްކުރާ މީހުންނެވެ. ފާޙިޝު ޢަމަލުތައް ގައުމުގައި ދިރުވާ އާލާ ކުރުވާ ފަރާތްތަކާއި އަދި އެމީހުން ބާރުވެރިކުރުވާ ބައިވެރީންނެވެ.
ﷲ އާއި އެއިލާހުގެ ކަލާމްފުޅު ކީރިތި قرآن އާއި އަދި ރަސޫލުން قبول ނުކުރާ މީހުންނެވެ. އަދި އެފަދަމީހުނަށް ވާގިވެރިކަންދީ ދުނިޔެވީ އަވަސް މަންފާހޯދަދޭން ގަބޫލުވެ ބާތިލަކީ ޙައްގުކަމުގައި އިސްލާމީ މުޖުތަމަޢްއަށް ބުނެދޭން މަސައްކަތްކުރާ މީހުނެވެ. މިމީހުންގެ ގާތުގައި ދުނިޔޭގެ އެދުންތަކަށްވުރެ މޮޅު އިތުރު ހެޔޮކަމެއް ހެޔޮގޮތެއް ނުވެއެވެ.
ދުނިޔޭގެ އުފާލާއި އަރާމް ހޯދުމަށް މަނާ އެއްވެސް ކަމެއް ނެތްކަމަށް ގަބޫލުކުރާ ނުރައްކާތެރި ބަޔެކެވެ. މީސްތަކުންގެ ފުރާނަ އާއި މުދަލާއީ އަބުރަކީ އަގުހުރި ކަރާމާތްތެރި އެއްޗަކަން މާތްﷲ އަންގަވާ އަދި ރަސޫލާގެ ސުންނަތުން ޢަމަލު ދައްކަވާފައިވާއިރުމެ އެކަންކަމަށް ޖޯކުޖަހާ މީހުނެވެ.
މިފަދަ މީހުން ދީނަށް މަލާމާތް ކުރުމާއި ފުރައްސާރަ ކުރުމަކީ އެބައެއްގެ ސަރުކާރުގެ ސިޔާސަތުގެ އެއްބައެއްކަމުގ ބަލާމީހުނެވެ. ފަނޑިޔާރުންގެ މައްޗަށް ނުފޫޒުފޯރުވަމުން ގެންދަނީ ވެސް އެސިޔާސަތެވެ.
މިފަދައިން އެބައިމީހުންގެ ޢަމަލުތައް ހުރުމާއިއެކު ގިނަބަޔަކު ދެކޭގޮތުން އަންނަ ރިޔާސީ އިންތިޚާބުގެ ކުރިން ސަރުކާރުގެ ސިޔާސަތުތަކާއި ދެކޮޅު ފަރާތްތަކާއި ދެކޮޅުވެރި ޙަރަކާތްތައް ނުވަތަ ބިރުވެރިކަން އުފެއްދުމަށް ނިރުބަވެރި ޙަމަލާއެއް ނުހިންގަފާނެ ކަމަށް ބެލެވެން ނެތްކަމަށެވެ

އެހެނީ އެފަދަ ބިރުވެރި ޙާދިސާއެއް ހިނގުމަށްފަހު އިދިކޮޅު ފަރާތްތައް ޓެރަރިޒަމް ގާނޫނުގެ ދަށުން ހައްޔަރު ކުރުމުގެ ބަހަނާ ދެއްކަމަށް ފުރުސަތު ލިބިގެން ދާނެތީއެވެ.
އަމިއްލަ ގައުމުންވެސް އެފަދަ ނުރައްކާތެރި ޙަމަލާތަށް ފެންނަމުންދާއިރު އެފަދަ ޙަމަލާއެއްގެ ރޭވުމުގައި އަމިއްލަ ގައުމުންނާއި ދުރާއި ކައިރިން މަދަދު ލިބިގަތުމަކީ މިޒަމާނުގައި އުދަނގޫ ކަމަކަށް ނުވާނެއެވެ.
އެއީ ދުނިޔޭގެ މުސްލިމުންގެ ފުރާނަ އާއި މުދަލަކީ އެފަދަ ދީނުގެ ޢަދާވާތްތެރިންނަށް މުހިންމު އެއްޗަކަށް ނުވާނެތީއެވެ. މިހާރުވެސް އެމެރިކާއިން އެވަނީ ރާއްޖޭގައި އެފަދަ ނުރައްކާތެރި ކަންތައްގަޑެއް ހިނގައިފާނެ ބިރުވެރި ޚަބަރު މުޅިދުނިޔެއަށް އިޢުލާނު ކޮށްފައެވެ. މީޑިޔާތައް ބަލާލުމުން އެނގެއެވެ.
މާތްﷲ މިޤައުމަށް ދެރަ ނިކަމެތި ގޮތެއް މިންވަރު ނުކުރައްވާށިއެވެ. އަދި މި ލޮބުވެތި ޤައުމާއި ރައްޔިތުންގެ ނިކަމެތިކުރުމަށް މަސައްކަތްކުރާ އެންމެހާމަކަރުވެރިންނާއި ޙީލަތްތެރިންގެ ސުންޕާކަމުން ތާއަބަދަށް ރައްކާތެރިކޮށް ދެއްވާށިއެވެ.
އާމީން!
2 Responses
އާމީން. ވަރަށް ވިސްނަންޖެހޭ ކަމެއް.
އަސްލުވެސް. އެވަރުގެ ހަރުކަށި ފިކުރެއް ދުނިޔެއަކު ނުވާނެތާއެވެ. އެހެނީ ﷲ އާއި ﷲގެ ރަސޫލާއަށް ބަދުބަސްބުނެ ގޮންޖަހާނީ އެންމެ ނުލަފާ ހަރުކަށިފިކުރުގެ އިންސާނުންތާއެވެ.