ކޯވިޑް-19: އިތުރު 81 މީހަކު ބައްޔަށް ފައްސިވެއްޖެ!

Loading

Facebook
Twitter
WhatsApp

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 81 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. މީގެ ތެރެއިން މާލެ ސަރަހައްދުން 70 ކޭހެއް ފެނިފައިވާއިރު، އަތޮޅުތެރެއިން ވަނީ 2 ކޭހެއް ފެނިފައެވެ.

އިއްޔެ ފައްސިވީ މީހުންނާއިއެކު ބައްޔަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު ވަނީ، 9649 އަށް އަރައިފައެވެ. އޭގެ ތެރެއިން އެކްޓިވް ކޭސްތަކުގެ ގޮތުގައި 1422ކޭހެއް ފާހަގަ ކުރެވޭ އިރު، 111 ފަރާތަކަށްދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ.

މިބަލިން މިހާތަނަށް 8188 މީހަކު ފަސޭހަވެފައިވާ އިރު، 33 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ. މިހާތަނަށް މިބައްޔަށް ޓެސްޓް ކުރުމަށްޓަކާ އެއްލައްކަ އަށް ވުރެން ގިނަ ސާމްޕަލްވަނީ ރާއްޖޭގައި ނަގައިފައެވެ.

އިއްޔެ 58 ދިވެހިން ބައްޔަށް ފައްސިވީއިރު، 23 ބިދޭސީއަކު ފައްސިވެފައިވެއެވެ. ކޮވިޑުގެ މިހާލަތުން އަރައިގަތުމަށްޓަކާ ރަނގަޅު ގޮތުގައި މާސްކް އެޅުމާއި، ގައިދުރުކަން ބެހެއްޓުމަށް އެހްޕީއޭއިން އިލްތިމާސް ކުރެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް