ޔުނައިޓެޑް ބަލިކޮށް ކްރިސްޓަލް ޕެލަސްއިން ލީގުގެ ފެށުން ރަނގަޅު ކޮށްފި!

Loading

Facebook
Twitter
WhatsApp

ޕްރިމިއަރ ލީގުގައި ރޭކުޅުނު މެޗުގައި، 3-1ގެ ނަތީޖާއިން މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށް ކްރިސްޓަލް ޕެލަސްއިން ލީގުގެ ފެށުން ރަނގަޅު ކޮށްފިއެވެ.

މެޗް ފަށައިގެން މާގިނައިރުތަކެއް ނުވެ ކްރިސްޓަލް ޕެލަސްއިންވަނީ ލީޑް ނަގައިފައެވެ. މި ގޯލް މެޗުގެ 7 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ އެޓީމުގެ ޓޯސެންޑްއެވެ. ފުރަތަމަ ހާފް ނިމިގެން ގޮސްފައިވަނީ 1-0އަކުން ކްރިސްޓަލް ޕެލަސް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން 72 ވަނަ މިނިޓުގައި ޕެލަސްއަށް ވަނީ ޕެނެލްޓީއެއް ލިބިފައެވެ. ފުރަތަމަ ފޮނުވާލި ޕެނެލްޓީ ކީޕަރ ޑެހެއާ ވަރަށް ހުޝިޔާރުކަމާއިއެކު ދިފާޢު ކުރިއެވެ. ނަމަވެސް ޕެނަލްޓީ ޖެހުމުގެ ކުރިން ޑެހެއާ ލައިނުން ބޭރަށް ނިކުތްކަމަށް ނިންމާ ޕެނަލްޓީ ޖަހަން އަލުން ފުރުސަތުދޭން ރެފްރީ ނިންމިއެވެ. ދެވަނަ ޕެނަލްޓީ ގޯލަށް ފުނުވާލައިގެން ލީޑު ފުޅާކޮށްދިނީ، މެޗްގައި މޮޅު ކުޅުމެއް ދެއްކި ވ.ޒަހާއެވެ. ދެވަނަ ހާފްގައި ދެޓީމުންވެސް ކުޅެމުންދިޔައީ ވަރަށް ހަމަހަމަ ކުޅުމެކެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ ފުރަތަމަ ގޯލް މެޗްގެ 80 ވަނަ މިނިޓުގައި، ކާމިޔާބު ކޮށްދިނީ ޕޮގްބާގެ ބަދަލުގައި ކުޅެން ނިކުތް ވެންޑަރ ބީކްއެވެ. އޭނާއަކީ މިސީޒަނަށް ތައްޔާރުވުމުގެ ގޮތުން 34.7 މިލިއަން ޔޫރޯއަށް އައެކްސް އިން ގަތް 23 އަހަރުގެ ޒުވާން ކުޅުންތެރިއެކެވެ. މެޗް ނިމުމުގެ ކުރިން ޕެލަސްއިންވަނީ އިތުރު ގޯލެއްޖަހާ ލީޑް ފުޅާ ކޮށްފައެވެ. މިލަނޑު ގޯލާ ފުދޭވަރަކަށް ދުރުން، ޒަހާގެ ހުނަރުތައް ދައްކާލާ، ގޯލުގެ ދާގަނޑަށް އެތެރެ ކޮށްލީ 85 ވަނަ މިނިޓުގައެވެ.

މިމެޗްގެ ނަތީޖާއަށް ފަހު ޔުނައިޓެޑްގެ ކުޅުމާއިމެދު ފޭނުން ތިބީ ހިތްހަމަ ނުޖެހިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް