ކޯވިޑް19: އިއްޔެ އިތުރު 74 މީހަކު ފައްސިވެއްޖެ!

Loading

Facebook
Twitter
WhatsApp

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 74 މީހަކު އިއްޔެ ފައްސިވެެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 4 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި 70 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.

އިއްޔެ ފައްސިވީ މީހުންގެ ތެރެއިން 37 މީހުންނަކީ ދިވެހިންނެެވެ. އަދި އަނެއް 37 މީހުންނަކީ ބިދޭސީންކަން ފާހަގަ ކޮށްލެވެއެވެ.

އިއްޔެ ފައްސިވީ މީހުންނާއި އެކު ބައްޔަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 9568 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 1452 އެކްޓިވް ކޭސް ހިމެނޭއިރު، 106 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ. އަދި އައިސޮލޭޝަން ފެސިލިޓީ ތަކުގައި 642 މީހަކުވަނީ އެކަހެރި ކުރެވިފައެވެ.

އިއްޔެއާއި ހަމަޔަށް އަތޮޅުތެރޭގެ 21 ރަށަކުން އެކްޓިވް ކޭސްތައް ފާހަގަވެފައި ވެއެވެ. މީގެ އިތުރުން 27 ރިސޯޓެއްވެސް ހިމެނެއެވެ.

ކޯވިޑް19 ގެ ކޭސްތައް މަޑުމަޑުން ދަށް ވަމުންދާ މިދަނޑިވަޅުގައި، ކޮވިޑުގެ އިތުރު ރާޅެއް ނެގިޔަކު ނުދިނުމަށްޓަކާ ރައްޔިތުންގެ ފަރުދީ ޒިންމާ އަދާކުރުން ވަރަށް މުހިންމެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް