ހުޅުމާލެގައި ހިނގި އެކްސިޑެންޓެއްގައި ޓެކްސީ ޑްރައިވަރަކު ނިޔާވެއްޖެ

Loading

June 20, 2023
profile
Facebook
Twitter
WhatsApp

ހުޅުމާލެގައި ދެ ކާރު ޖެހި މިއަދު ހިނގި އެކްސިޑެންޓެއްގައި ޓެކްސީ ޑްރައިވަރަކު ނިޔާވެއްޖެއެވެ.

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ހިތިގަސް މަގު ޕްލެޓިނަމް ކައިރީގައި މި އެކްސިޑެންޓް ހިނގީ މިއަދު ހަވީރު 5:47 ހާއިރުއެވެ.

ފުލުހުން ބުނީ ދެ ކާރު ޖެހި ހިނގި އެކްސިޑެންޓުގައި އެއް ކާރު ކޮންޓްރޯލް ނުވެ ގޮސް އެ ސަރަހައްދުގައި ހުރި ޑިވިޑެންޓް ތަކުގައި ޖެހިފައިވާ ކަމަށާއި ނިޔާވީ އެ ކާރުގެ ޑްރައިވަރު ކަމަށެވެ.

އެއީ އުމުރުން 65 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓްގައި އަނެއް ކާރުގައި ތިބި ދެ މީހުންނަށް އަނިޔާވި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓްގެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

Loading

One Response

  1. ހަމަ ހޭކަނޑާފާ ދުއްވާތި މިކަހަލަ ކާރިސާތައް ދިމާވަނީ. ކިހާދެރަކަމެއް

Leave a Reply to މަންސޫރު އަހުމަދު Cancel reply

ފަހުގެ އަޕްޑޭޓް