ފޯކައިދޫ ބަނދަރު ހެދުމަށްދިޔަ ވަފްދަށް ހޫނު މަރުހަބާއެއް ކިޔައިފި

Loading

Facebook
Twitter
WhatsApp

 

ށ. ފޯކައިދޫއަށް ޒަމާނުއްސުރެ ދިމާވަމުން އައި ލަފުރުމުގެ ދަތިތަކަށް ހައްލެއް ގެނައުމަށް އެރަށު ބަނދަރު ހަދަންފިޔަ އެމްޓީސީިގެ ވަފްދަށް ރަށުގެ ރަށްޔިތުން ވަރަށް ހޫނު މަރުހަބާއެއްކިޔައިފި އެވެ.

 

ރަށު ބަނދަރުހަދަން ބުރާސްފަތި ދުވަހު އެރަށަށް ދިޔަ ވަފްދު ރަށަށް ދިޔައީ ބަދަނރު ހެދުމަށް ބޭނުންވާ ހުރިހާ ސަމާނާ އެކީގައެވެ.

 

ފޯކައިދޫ ރައްޔިތުންވަނީ ބަނދަރު ސަރަހައްދު ވަރަށްބޮޑަށް ޒީނަތްތެރިކޮށް ގިނަ އަދަދެއްގެ ގައުމީ ދިދައާ އެކު އެމްޑީސީސީގެ ވަފްދަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ.

 

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އިން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި ފޯކައިދޫ ބަނދަރު ހެދުމުގެ މަޝްރޫގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 29 ގައެވެ.

އެމްޓީސީސީން ވިދާޅުވީ ފޯކައިދޫ ބަނދަރުހެދުމުގެ އަމަލީ މަސައްކަތް މިހާރު ފަށާފއިވާ ކަމަށާއި

މި މަޝްރޫއަކީ 55.97 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.

 

އެމްޓީސީސީން ހާމަކުރައްވާ ގޮތުގައި މި މަޝްރޫގެ ދަށުން 45،795 މީޓަރު ސަރަހައްދު ފުންކުރުމާއި ، 507 މީޓަރު ސަރަހައްދެއްގައި ބޭރު ތޮށިލައި 100 މީޓަރު ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހާނެއެވެ. އަދި މީގެ އިތުރުން 464 މީޓަރު ސަރަހައްދެއްގައި އެއްގަމު ތޮށިލައި 2320 އަކަމީޓާރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި ނެރުބައްތިއާއި މަގުބައްތި ޖެހުން ވެސް މި މަޝްރޫއުގައި ހިމެނޭކަމަށް އެކުންފުނިން ހާމަކުރައްވައެވެ.

ފޯކައިދޫ އަކީ ލަފާފުރުމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ރަށެކެވެ. އަހަރުގެ ގިނަ ދުވަސްތަކުގައި އެރަށުބަދަރު ބޭނުންނުކުރެވޭ ވަރަށް ގަދަ ވެއެވެ. އެޮޑިދޯނިފަހަރު ބަނދަރު ސަރަހައްދުގައި ބެހެއްޓުމަށާއި އަރައި ފޭބުމަށް ބޮޑެތި ދަތިތަކެއް ރަށުގެ ރައްޔިތުން ދަނީ ކުރިމަތިލަމުންނެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް