މާލޭ ގެއެއްގައި ރަހީނުކޮށްފައި ތިބި ބަޔަކު ސަލާމަތްކޮށް ދެ މީހަކު ހައްޔަރުކޮށްފި

Loading

June 17, 2023
profile
Facebook
Twitter
WhatsApp

މާލޭ ގެއެއްގައި ރަހީނުކޮށްފައި ތިބި ބަޔަކު ސަލާމަތްކޮށްފިއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ހެންވޭރު އަބަދަށްއުފާ މަގުގައި ހުރި ގެއެއްގައި ބަޔަކު ރަހީނުކޮށްފައި ތިބިކަމަށް މައުލޫމާތު ލިބުމުން ބާރުގެ ބޭނުންކޮށްގެން އެ ތަނުގެ ތެރެއަށް މިއަދު ވަދެފައިވާ ކަމަށެވެ.

ފުލުހުން ބުނީ ރަހީނުކޮށްފައި ތިބި ދިވެހި ތިން ފިރިހެނަކު ސަލާމަތްކޮށްފައިވާ ކަމަށާއި އެ މީހުންނަށް އެކިވަރުގެ އަނިޔާކޮށްފައިވާތީ ޑޮކްޓަރަށް ދެއްކުމަށް އެ މީހުން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.

މި މައްސަލާގައި ދިވެހި ފިރިހެނަކާއި 18 އަހަރުން ދަށުގެ ދެ ފިރިހެން ކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު, މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް ހައްޔަރުކުރި މީހުންގެ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

Loading

One Response

Leave a Reply to މުންޝިދު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް