އީވާއާއި ރިފްޢަތާއި ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލުކޮށްފި

Loading

Facebook
Twitter
WhatsApp

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާއާއި ބަންޑާރަނައިބު އިބްރާހީމް ރިފްޢަތާއި ފޮރިން މިނިސްޓަރު ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލުކޮށްފިއެވެ.

އެމްޑީޕީގެ 55 މެންބަރުންގެ ތެރެއިން 49 މެންބަރުންނާއި މިނިވަން މެންބަރެެއްގެ ގޮތުގައި ހުންނެވި ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލް މުޙުސިން ޙަމީދުގެ ސޮޔާއެކު, އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުންނެވެ. 

ޗާގޯސްއާއި ރާއްޖެއާ ދެމެދު އިން ކަނޑައަޅަން މޮރިޝަސްއިން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށަހެޅި މައްސަލައިގައި ގާނޫނާ ޚިލާފަށް އަމަލުކުރެއްވިކަމަށް ބުނެ, ރިފްޢަތާއި ޝާހިދުގެ މައްސަލަ ހުށަހެޅުއްވީ ސަރުކާރާ އިދިކޮޅު ޕާޓީތަކުގެ މެންބަރުންނެވެ.

މައްސަލަތައް ތާވަލުކޮށްފައިވާ ތާރީޚުތައް:

ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ މެއި 31 އަށް.

ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ޖޫން 06 އަށް.

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ޖޫން 11 އަށް.

މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކުރެވޭނ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ކެބިނެޓުގެ މެންބަރެއްގެ އިތުބާރު ނެތްކަމަށް ފާސްކުރެވޭނީ މަޖިލީހުގައި މިހާރު ތިއްބެވި 87 މެންބަރުންގެ ތެރެއިން 43 މެންބަރުންގެ ވޯޓާއެކުއެވެ.

Loading

One Response

  1. މިކަން ނިމޭގޮތުން ވަރަށް ގިނަ އެއްޗެއް އެނގޭނެއެވެ. އެހެނީ ނަޝީދު ޕޕމ އާއި ގުޅިގެން ޝާހިދުއާއި ރިއަފަތު ބޭރުކުރަން ޖައްސާއިރު އިވާ ބޭރުކުރަން އެޖައްސަނީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އާއި އޭނާގެ ގަދަފަދަ ބައިވެރީންނެވެ. ބައެއްގެ ބުރިން ތަޅާފާ ހަންނަގާނެކަމަށް އޭނާގެ އިކޮނިމިކް މިނިސްޓަރު ފައްޔާޒްވަނީ މީޑިޔާގައި އިންޒާރުވެސް ދީފައެވެ. އެހެންވެ މިބުނީ މިކަން ނިމޭގޮތް ވަރަށް ގާތުން ބަލަންޖެހޭނެއެވެ!

Leave a Reply to މުޙައްމަދު ޒާހިރު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް