ކޯވިޑް19: އިއްޔެ އިތުރު 99 މީހަކު ފައްސިވެއްޖެ!

Loading

Facebook
Twitter
WhatsApp

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 99 މީހަކު އިއްޔެ ފައްސިވެެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 7 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި 92 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.

އިއްޔެ ފައްސިވީ މީހުންގެ ތެރެއިން 65 މީހުންނަކީ ދިވެހިންނެެވެ. އަދި އަނެއް 34 މީހުންނަކީ ބިދޭސީންކަން ފާހަގަ ކޮށްލެވެއެވެ.

އިއްޔެ ފައްސިވީ މީހުންނާއި އެކު ބައްޔަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 9427 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 1485 އެކްޓިވް ކޭސް ހިމެނޭއިރު، 115 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ. އަދި އައިސޮލޭޝަން ފެސިލިޓީ ތަކުގައި 727 މީހަކުވަނީ އެކަހެރި ކުރެވިފައެވެ.

އިއްޔެއާއި ހަމަޔަށް އަތޮޅުތެރޭގެ 20 ރަށަކުން އެކްޓިވް ކޭސްތައް ފާހަގަވެފައި ވެއެވެ. މީގެ ތެރޭގައި 29 ރިސޯޓެއްވެސް ހިމެނެއެވެ.

މިފަހަކަށް އައިސް ކޯވިޑަށް ފައްސިވާ މީހުން ގިނަވުމާއި، އަދި ގިނަ އަދަދެއްގެ ބަޔަކު ބަލިން ރަނގަޅުވަމުން ދިޔުމުގެ ސަބަބުން، އެކްޓިވް ކޭސްތަކުގެ އަދަދާއި، އެޑްމިޓް ކޮށްގެން ފަރުވާދޭ ފަރާތްތަކުގެ ދަނީ މަޑުމަޑުން މަދުވަމުންނެވެ. ނަމަވެސް ކޯވިޑު ކޮންޓްރޯލްކޮށް އާއްމު ޙާލަތަށް ރުޖޫޢަވުމަށްޓަކާ ފަރުދީ ޒިންމާ އަދާކުރުން އަދިވެސް ވަރަށް މުހިންމެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް