ޔުނިވަރސިޓީ އޮފް ކުއީންސްލޭންޑްގެ ސައިންސްވެރިން، ކޮރޯނާވައިރަސް ނުވަތަ ކޯވިޑު-19 އަށް ކާމިޔާބު ވެކްސިނެއް އުފެއްދޭނެ ކަމުގެ ޔަޤީންކަން އޮތްކަމަށް ބުނެފިއެވެ.
ކޮރޯނާ ވައިރަހުގެ ދުޝްމަނެއް ހޯދުމުގެ މަަސައްކަތް ހުއްޓުމެއް ނެތި އެތައް ސަތޭކަ ސައިންސްވެރިންނެއް ކުރަމުންދާތާ އަހަަރެއް ވާން ކައިރިވަމުން އަންނަ އިރު، ބައެއް ސައިންސްވެރިން ވަނީ މިކަމުގައި ނާކާމިޔާބު ވެފައެވެ. އަދި ބައެއް ސައިންސްވެރިންގެ މަސައްކަތުން އުއްމީދުގެ ކޮޅުމަތި ވަނީ ފެނިގެން ގޮއްސައެވެ.
ކުއީންސްލޭންޑުގެ ސައިންސްވެރިން ވެކްސިނަށް ބޭނުންކުރާނެ މާއްދާއެއްގެ ގޮތުގައި ދިރާސާތައް ހަދާފައިވަނީ ދޮންކޭލުގައި ހިމެނޭ އެކި ބާވަތްތަކާއި ބެހޭ ގޮތުންނެވެ.
ދޮންކޭލަކީ އޭގައި ބޮޑު އިންސައްތައަކަށް ވިޓަމިން-ސީ އެކުލެވޭ މޭވާއެކެވެ. ހަމަ އެއާއި އެކު ގިނަ މިންވަރަކަށް ވިޓަމިން ބީ-6 ވެސް ދޮންކޭލުގައި ހިމެނެއެވެ. މި މާއްދާއިން ހަށިގަނޑުގެ ދިފާޢީ ނިޒާމުގެ ބާރު ގަދަ ކޮށްދެއެވެ. ހަމަ އެއާއި އެކު ދޮންކޭލުގައި ފެނާއި، ފައިބަރ ވެސް ބޮޑު އަދަދަކަށް ހިމެނޭއިރު، މި މާއްދާތަކުން ހަޖަމްކުރުމުގެ ނިޒާމް ރަނގަޅު ކޮށްދެއެވެ. އަދި މިމާއްދާތަށް ގިނައިން ބޭނުންކުރާނަމަ ހިތާއި ލޭދައުރުކުރުމުގެ ނިޒާމުގެ ބަލިތަކުންވެސް ދުރުކޮށްދެއެވެ.
ހަށިގަނޑުގައި އުޅޭ ނުރައްކާތެރި ވައިރަސްތައް މަރާލުމަށް އެހީވަނީ ހަށިގަނޑުގެ ތެރޭގައި އުޅޭ އެންޓިބޮޑީތަކެވެ. ދޮންކޭލުގައި ހިމެނޭ މާއްދާތަކުން މިއެންޓިބޮޑީތައް އުފެއްދުމަށް ވަރަށް ބޮޑަށް އެހީތެރިވެދެއެވެ.
މި ސައިންސްވެރިން އިއްތިފާޤުވާ އެއް ބުނުމެއް އޮވެއެވެ. ”އަ ބަނާނާ އަ ޑޭ، ކީޕްސް ކޯވިޑް އަވޭ“!