ނުރުހުމުގައި އަންހެނެއްގެ ގައިގައި އަތްލި އިންޑިއާ މީހަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

އަންހެނަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއްގައި އިންޑިއާ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކުރީ މުހުތާރު އަންސާރީ ކިޔާ 22 އަހަރުގެ ފިރިހެނެކެވެ.

އަންހެން މީހާގެ ނުރުހުމުގައި ގައިގައި އަތްލައި ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ވަނީ އޭނާ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ.

ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް ޖެހީ 10 ދުވަހެވެ.

ކޯޓު އަމުރުގައިވާ ގޮތުން އަންހެން މީހާގެ ނުރުހުމުގައި ގައިގައި އަތްލައި ޖިންސީ ފުރައްސާރަކުރިކަމަށް މުހުތާރުގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ފުލުހުން ވަނީ ހެކި ހުށަހަޅާފައެވެ.

އޭނާ ހައްޔަރުކުރީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށް ވެސް އަމުރުގައި ބުނެފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް