ގެއްލިގެން ހޯދަމުންދިޔަ ފުވައްމުލަކު ޒުވާނާ މިއަދު ފެނިއްޖެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުވައްމުލައް / ދޫޑިގަން، ރަންދެލިގެ ޙަސަން ޖަމީލު (30 އ) ގެ ޚަބަރެއްނުވެގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކުރީ މި މަހުގެ 9 ވަނަ ދުވަހުގެ ރޭގައެވެ.
އޭނާ އެންމެ ފަހުން އާއިލާއަށް ޚަބަރެއް ވެފައިވަނީ އޭގެ ދެ ދުވަސް ކުރިން މެއި 7 ވަނަ ދުވަހުއެވެ.
އޭނާގެ ޚަބަރެއް ނުވެގެން އާއިލާގެ ފަރާތުން ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަން ހާމަކޮށް ފުލުހުން އޭނާގެ ފޮޓޯ އާންމުކުރީ އިއްޔެގައެވެ.
ފުލުހުން ދެންމެ ވިދާޅުވީ ގެއްލިގެން ހޯދަމުންދިޔަ ޙަސަން ޖަމީލު މިއަދުގެ ވަގުތެއްގައި މާލެއިން ފެނިފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.