ކޯވިޑް19: އިއްޔެ އިތުރު 85 މީހަކު ފައްސިވެއްޖެ!

Loading

Facebook
Twitter
WhatsApp

 

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 85 މީހަކު އިއްޔެ ފައްސިވެެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 3 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި 82 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.

އިއްޔެ ފައްސިވީ މީހުންގެ ތެރެއިން 46 މީހުންނަކީ ދިވެހިންނެެވެ. އަދި އަނެއް 39 މީހުންނަކީ ބިދޭސީންކަން ފާހަގަ ކޮށްލެވެއެވެ.

އިއްޔެ ފައްސިވީ މީހުންނާއި އެކު ބައްޔަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 9328 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 1560 އެކްޓިވް ކޭސް ހިމެނޭއިރު، 111 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ. އަދި އައިސޮލޭޝަން ފެސިލިޓީ ތަކުގައި 767 މީހަކުވަނީ އެކަހެރި ކުރެވިފައެވެ.

މިފަހަކަށް އައިސް ކޯވިޑަށް ފައްސިވާ މީހުން ގިނަވުމާއި، އަދި ގިނަ އަދަދެއްގެ ބަޔަކު ބަލިން ރަނގަޅުވަމުން ދިޔުމުގެ ސަބަބުން، އެކްޓިވް ކޭސްތަކުގެ އަދަދާއި، އެޑްމިޓް ކޮށްގެން ފަރުވާދޭ ފަރާތްތަކުގެ ދަނީ މަޑުމަޑުން މަދުވަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް