ވިއްސަކަށް އަހަރުދުވަހު ތުރުކީގައި ވެރިކަން ކުރަމުން އަންނަ ވަރުގަދަ އިސްލާމީ ޝަޚްސިއްޔަތު ރަޖަބު ތައްޔިބު އުރުދުޣާން ގައުމުގެ އިގްތިސާދު ފުނޑާލައިފިކަމަށް ތުޙުމަތުކޮށް އިދިކޮޅު ފަރާތްތަކުންނާއި ހުޅަނގުގެ ނުފޫޒުތަކުންކުރިމަތިކުރުވަމުން ގެންދާ ފިތުނަތައް ދަނީ އިތުރުވަމުންނެވެ.
އެހެންކަމުން މިމަހު 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިޚާބު ކާމިޔާބު ކުރެއްވުމުގައި ގިނަ ހުރަސްތަކެއް ކަޑައްތު ކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ. 69 އަހަރުފުޅުގެ އުރުދުޣާނަކީ މި ފާއިތުވެގެންދާ ފަންސާހަކަށް އަހަރުދުވަހުގެ ތެރޭގައި ތުރުކީ ދުށް އެންމެ ވަރުގަދަ ސިޔާސީ ޝަޚްސިއްޔަތު ކަމުގައި ދެބަސްވެވޭކަން ނެތެވެ. އެކަން ހުޅަނގުންވެސް ގަބޫލުކުރެއެވެ.
ތުރުކީގައި އެތައް ޒަމާނަކަށް ހިނގަމުންދިޔަ ސެކިއުލަރ ނިޒާމް ބަލިކަށިކޮށްލީ އިސްލާމީ ހަމަތަކާއި އުސޫލުތަކަށް ބިނާކޮށް އުފައްދަވާފައިވާ އެމަނިކުފާނުގެ ސިޔާސީ ޕާރޓިގެ ވެރިކަމުގައެވެ.
ހަމަ އެއާއެކު އެމަނިކުފާނުގެ ވެރިކަމުގައި އިޖްތިމާއީ ކުރިއެރުންތަކެއްވެސް ތުރުކީއަށް ވަނީ ހޯދާ ދެއްވާފައެވެ. ގައުމަށްލިބޭ އާމްދަނީ ފައިދާކުރަނިވި ގޮތްގޮތުގައި އިންވެސްޓް ކުރެއްވުމާއި ޒަމާނާގުޅޭ ފެންވަރުގައި ހޮސްޕިޓަލްތަކާއި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި މަގުތަކާއި އެއަރޕޯޓްތަކާއި އަދި މިނޫނަސް ގިނަ އުމްރާނީ ތަރައްގީތަކެއް ޙާސިލު ކުރައްވާފައިވާ ކަމަށް އެމަނިކުފާނާ އިދިކޮޅުމީހުންވެސް ގަބޫލުކުރެއެވެ. އަދި ޚާއްސަގޮތެއްގައި އިސްލާމީ ފަލަސްތީނުގެ އެންމެގަދަ ސަޕޯޓްދެއްވާ އިސްލަމީ ލީޑަރަކީވެސް އެމަނިކުފާނެވެ.
އިގްތިސާދީ ދުވެލި ހަމައަކަށް އެޅި މިޒަމާނާގުޅޭ މިލިޓްރީއެއް އުފައްދަވައި އަދި ލީބިޔާގެ ހަނގުރާމައިގާވެސް މުހިންމު ރޯލެއް ކުޅުއްވައި އަދި މިހާރު ޔޫކްރެއިންގެ ހަނގުރާމައިގެ މައިދާނުގައިވެސް ތުރުކީގެ ޑްރޯންތަކުން މުހިންމު ދައުރެއް އަދާކުރަމުން ގެންދެއެވެ.
ރައީސް އުރުދުޢާން އެންމެބޮޑަށް ފާހަގަވެގެންދިޔައީ 2016 ވަނައަހަރު ޔޫރަޕަށް ދިމާވި ރެފިއުޖީންގެ މައްސަލަ ޙައްލު ކުރެއްވުމުގައި ގެންގުޅުއްވި ސާދާ ސިޔާސަތާއި އަދި ހަމަ އެ އަހަރު ސަރުކާރާ ދެކޮޅަށް ބަޣާވާތެއް ރާވައި ހިންގިމީހުންގެ މައްސަލައިގާ އަމަލުކުރެއްވި ގޮތުންނެވެ.
މިހުރިހާ ކަމެއްގައި ވެސް ގިނަ ރައްޔިތުންގެ ތައުރީފް ލިބެމުން ދިޔަ ކަމުގައިވިޔަސް މިދޭތެރެއަކުން ތުރުކީއަށާއި ސީރިޔާއަށް ދިމާވި ބިންހެލުމާއި ގުޅިގެން ބައިލައްކައެއްހާ މީހުން މަރުވެ ދިއުމާއި އަދި ގައުމުގެ އިގްތިސާދު ކުއްލިއަކަށް އަރިއަޅާލުމުގެ ސަބަބުން އިދިކޮޅު ސިޔާސީ ބޭފުޅުންނާއި ހުޅަނގުން ފުރުސަތަކަށް ބަލަބަލާތިބި ވާގިވެރިންނަށް ތަންމިނަށް އަނގހުޅުވާނެ ފުރުސަތު ލިބިގެން ދިޔަކަމެވެ. އަދި މިޙާލަތުގައި އުރުދުޣާނަށް އިންތިޚާބު ކާމިޔާބު ކުރެވިދާނެތޯވެސް ސުވާލު މިހާރުވަނީ އުފެދިފައެވެ.
އުރުދުޢާން ތުޙުމަތު ކުރައްވާގޮތުގައި ހުޅަނގުން ފައިސާ ޚަރަދުކޮށްގެން މަސައްކަތް ކުރަމުން ގެންދަނީ ތުރުކީގައި އަނެއްކާވެސް ސެކިއުލަރ ސަރުކާރެއް ގާއިމް ކުރުމަށެވެ.
މިބޭނުމުގައި އެއްޖިންސުގެ ނާޖާއިޒުގުޅުން ކުރިއަރުވަން މަސައްކަތްކޮށް އެކަމަށް ހިތް ކިޔާމީހުންނަށް ފަންޑްކޮށް ހަދަމުންވެސް އެބަގެންދެއެވެ. މިކަހަލަ މަލްއޫނީ ވިސްނުމެއްގައި އިދިކޮޅުލީޑަރު ޖަމާލް ކްރިޗްދަރޮގްލު ގެ ސަޕޯރޓަރުން މަގުތަކަށް ނުނިކުމެ ތިބުމަށާއި އެހެންނޫނީ އަޑުކަނޑުވާލަން ސަރުކާރުން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެކަމުގެ އަޑުތަކެއް ގެންދަނީ ފަތުރަމުންނެވެ.
ހުޅަނގުން ބުނާގޮތުގައި ނޭޓޯގައި ހިމެނޭ ހަމައެކަނި މުސްލިމުން އާބާދީ ބޮޑު 85 މިލިއަން މީހުންގެ މިގައުމުގައި އުރުދުޣާން ގެ ވެރިކަމުގައި ހިނގާދިޔަ ރަނގަޅުކަންތަކަށްވުރެން އެމީހުނަށް ނުރަނގަޅުކަންތައް މާގިނައެވެ.
މި އިންތިޚާބުގައި ކޮންމެ ގޮތެއްގައިވެސް ދެވަނަ ބުރަކަށް ދާންޖެހޭނެކަމަށް ތަޖްރިބާކާރުން ލަފާ ކުރެއެވެ. އަދި އެޙާލަތުގައި އުރުދުޣާނަށް ކުރިލިބުމުގެ ފުރުސަތުވެސް ބޮޑުކަމަށް ބެލެވެއެވެ.
އެހެންނަމަވެސް ހުޅަނގުން ކުޅެމުންދާ ނުރައްކާތެރި ރޯލާމެދު ފަރުވާ ކުޑަނުކުރުމަށް އުރުދުޣާންގެ ބައެއް ބާރުގަދަ ވަޒީރުންވެސް ގެންދަވަނީ ލަފާއަރުވަމުންނެވެ. ތުރުކީގެ އިންތިޚާބުގައި އުރުދުޣާނަށް ކާމިޔާބު ވިޔަ ނުދިނުމަށްޓަކައި ގަދައަޅާ މަސައްކަތް ކުރުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ގޮވާލި ގޮވާލުން ދާޚިލީ ވަޒީރު ސުލައިމާނު ސޮއިލޫ ވަރަށް ޚާއްސަގޮތެއްގައިކަންބޮޑުވުން ފާހަގަކުރައްވަމުން ގެންދަވައެވެ. އުރުދުޣާން އަށް ބައިޢަތު ހިފާފައިވާ ސިޔާސީ 6 ޕާރޓީއެއް ހިމެނޭ އިރު އެއީ ތުރުކީގެ ސިޔާސީ މަސްރަޙުގައި ވަރަށްބޮޑަށް ބާރަކަށްވާނެއެވެ. ރައީސް އިންތިޚާބާއި ޕާލަމެންޓަރީ އިންތިޚާބުގައިވެސް މި ސިޔާސީ ޕާރޓީތައް ހިނގަމުންދާނީ އެކުއެކީގައެވެ.
2 Responses
ހުޅަނގުގެ ޑިމޮކްރެސީން ސަލާމަތް ވުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ބުނެވޭގޮތުގައި ތުރުކީގެ ޒުވާން ޖީލަށްވެސް ދުނިޔޭގައި ކަންހިނގަމުންދިޔަގޮތާއި ތުރުކީއަށް ދިމާވި ގޮންޖެހުންތަކާއި މުސީބާތުގެ ފިލާވަޅުތައް ދަސްކޮށްދީފައި އޮތީ މަސްހުނި ކޮށްގެންނެވެ. އުރުދުޣާން ވެރިކަމަށް ވަޑައިގެންނެވިއިރު ދިހަ ވަރަކަށް އަހަރުފުރާގެ ކުޑަކުދިން މިހާރު ޒުވާނުންނަށްވެ ސިޔާސީ ނަވުގައި ދަތުރުކުރަން ޝައުގުވެރިކަން ފާޅުކުރަމުން ގެންދާއިރު ގައުމުގެ މާޒީއަށް އޮތީ ކޮފީތަށި ބަންޑުން ކޮށްލާފައެވެ. ދެން ވާނެގޮތް އަޅުގަނޑުމެންގެ ކުރިމަތީގައި މިއޮތީ ފެންނާށެވެ. އަޅުގަނޑުމެންގެ ހާލަކީވެސް މިއީ ނޫން ހެއްޔެވެ.
އުރުދުޣާން ވަރެއް ނެތެވެ. އެހެނަސް 25 އަހަރުން ދަށުގެ ކުދިންނަށް 25 އަހަރު ކުރީގެ ތުރުކީއެއް ފެނިފަކައެއް ނޯންނަނެއެވެ. އަދި ހަނދާނެއްވެސް ނުހުންނަނެއެވެ. ފެންނާނީ މިހާރުގެ ތުރުކީއާއި ދެން ނުވެހުރި ކަންކަމެވެ. ދެން ތުރުކީގެ ދުޝްމަނުންގެ އިންވެސްޓްމަންޓްތައް ފިރިހެންކުޅިޔާއި އަންހެންކުޅިޔާއި އެންމެހާ އިސްލާމް ދީނާއި ދުރުކުރުވާނެ ކުޅިސަމާސަޔާއި މިފަދަ ޝައިތާނީ ބާރުގެ އޮވަރުގައި ފިރިފުރާ ޢުމުރުގެ ކުދީންތަކަށް ރައީސް އުރުދުޣާން މުސްކުޅިވާނެއެވެ. އޭގެ ސަބަބުން ބަދަލަކަށް ވޯޓް ދީފާނެކަމަށް ބެލެވެއެވެ. އަބަދުވެސް އަތުގައި އޮތްއެތި ގެއްލުނީމާ ދެން ވިސްނޭނީ. ދިވެހިރާއްޖެއަށްވެސް ހަމަވީ މިހެންނޫންތޯއެވެ؟