ރާއްޖޭގެ އެންމެ ކުރިއަރާފައި 100 ކުންފުނި ހޮވުން މިމަހު އޮނަނާނޭކަމަށް މި އިވެންޓް އިންތިޒާމް ކުރާ “ ގޯލްޑް100 ގާލާ“ ކޯޕަރޭޓް މޯލްޑިވުސް އިން ބުނެފިއެވެ.
މި އިވެންޓް އޮނާނީ މިހިނގާ މޭމަހުގެ 16 ވަނަ ދުވަހުއެވެ. މިޙަފްލާގައި އެންމެ ކުރިއަރާފައި 100 ކުންފުންޏަށް މެގަޒިން އިފްތިތާހު ކުރުމާއި “ ގޯލްޑް 100 ހޮވުމާއި އެވޯޑު ދިނުން އޮނާނޭކަމަށް ކޯޕަރޭޓް މޯލްޑިވުސް އިން ބުނެއެވެ.
”ގޯލްޑް 100 އަކީ ކޮންމެ އަހަރަކުވެސް ކޯޕަރޭޓް މޯލްޑިވުސް އިން ނެރޭ އެންމެ ކާމިޔާބު 100 ވިޔާފާރި ކުންފުނީގެ ލިސްޓެވެ.
ރާއްޖޭގެ އެކި ސިނާޢަތްތައް ކުރިއެރުމަށް މަސައްކަތް ކޮށް ވިޔާފާރި މައިދާނުގައި ގިނަ ޚިދުމަތް ތަކެއްކޮށް ދީފައިވާ ފަރާތްތަކަށް ލައިފްޓައިމް އެޗީވްމެންޓް އެ“ ވޯޑް“ދިނުންވެސް މިޙަފުލާގައި އޮންނާނެއެވެ .
މިޙަފްލާގައި ބައިވެރި ވެވޭނީ ކޯޕަރޭޓް މޯލްޑިވުސް އިން ދައުވަތު އަރުވާ ފަރާތް ތަކަށެވެ.
މި އިވެންޓަކީ ހުރިހާވިޔާރި ވެރިންގެ ބޮޑުން އެއްފުރާޅެއްގެ ދަށުން ބައްދަލުކޮށް ގުޅުން ބަދަހިކުރުމަށް ހުޅުވާލެވޭ އިވެންޓެއްކަމަށް ކޯޕަރޭޓް މޯލްޑިވުސް އިން ބުނެއެވެ.
މި ހަފުލާގައި ބައިވެރި ވެވޭނީ ޗެއަރމަނުންނާއި އެމްޑީން އަދިޑިރެކްޓަރުންނާއި އަދި ކުންފުނި ތަކުގެ މުހިންމު ނިންމުންތަށް ނިންމެވުގައި ބައިވެރިވާ ފަރާތްތަކަށެވެ.
“ ގޯލްޑް100″ އަށް ހުށަހަޅާ ކުންފުނިތައް ހޮވާނީ މިނިވަން ކޮންސަލްޓެން ޓީމެއް މެދުވެރި ކޮށް ކަމަށްވެސް ކޯޕްރޭޓް މޯލްޑިވުސް އިން ބުނެއެވެ.
2 Responses
ތިވެސް ވިއްކާ ގަލާއެއް. ބޮޑޭ ހެދެން ބޭނުންވާ ވިޔާފާރިވެރިން ފައިސާދީ ސްޕޮންސާރ ކުރާނެއެވެ. ދެން އެމީހުނަށް މެޑަލް ބަހާނެއެވެ. ކުރީފަހަރު މެޑެލް އެރުވި ބައެއް ކުންފުނި ވަނީ ރައްޔަތުންނަށް ބޮޑުތަނުން ޚިޔާނާތްތެރިވެފައެވެ. ހަމަ ރައީސްމީހާ އަރުވާކަހަލ ޝަރަޕް. ވާނުވާނޭގެއެވެ. ފުލުސްމީހާ ޕީނަލައިޒްކޮށްފަ އިއްޔެ އެދިނީ ޝަރަފްވެރިކަމުގެ މެޑެލްއެވެ. ޕޮލިސް ބޯޑު އެތިބީ ބުރާންތި އަރާފައެވެ. ވީނުވީއެއް ނޭގުނެވެ. ވީމާ ތިކަހަލ މެޑެލްތަކަކީ އަގެއްހުރި އެއްޗެއް ނޫނެވެ.
ސުރުޚީ ކިޔާފާ މަ ހީކުރީ މިއީ ކޮންބާވަތެއްގެ ކުޅިވަރެއްބާވައޭ. މީގެކުރިންވެސް ކުންފޫ ކިޔާ ވައްތަރެއްގެ ފައިޓެއްގެ ވާހަކަ އަޑު އަހަން.