ކޮވިޑު ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެޗްޕީއޭއިން މިއަދު އާންމުކުރެއްވި ތަފާސްހިސާބުތަކުން ދައްކާ ގޮތުން ކޮވިޑު ބަލީގައި މިިދިޔަ ހަފުތާގައި އިތުރު މީހަކު ވަނީ ނިޔާވެފައެވެ. ނަމަވެސް އެއީ ކޮން އުމުރެއްގެ މީހެއްކަމެއް އަދި ސާފެއް ނުވެއެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުން ރާއްޖެއިން ކޮވިޑު ބަލީގައި ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 314 އަށް އަރައިފައެވެ.
އެޗްޕީއޭއިން ހާމަކުރައްވާފައިވާ ގޮތުގައި މިދިޔަ ހަފުތާގައި އިތުރު 91 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 48 މީހުންނާއި, އެހެނިހެން ރަށްރަށުން 16 މީހުން ހިމެނެއެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއިން މިހާތަނަށް 186,526 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
އެޗްޕީއޭއިން ވިދާޅުވާ ގޮތުން މިދިޔަ މާޗުމަހުން ފެށިގެން ކޮވިޑުގެ ކޭސްތައް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ އެޖެންސީން އިލްތިމާސް ކުރައްވައެވެ.
ކޮވިޑުން ރައްކާތެރިވުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި ސެނިޓައިޒަރ ބޭނުންކޮށްގެން އަތް ސާފުކުރުން ނުވަތަ ސައިބޯނި ލައިގެން ގިނަގިނައިން ރަނގަޅަށް އަތް ދޮވުމާއި ގިނަ މީހުންގެ އެއްވެ އުޅޭ ތަންތަނަށް ނުކުމެ އުޅޭއިރު މާސްކް އެޅުން ހިމެނެއެވެ.
One Response
ދުނިޔޭޣެ ގިނަ މުއްސަދިން ބިލްގޭޓާއި ގުޅިގެން ވޯލްދް ހެލްތް އޯގަނައިޒޭންޝަނާއި ގުޅިގެން ހިންގި ބޮޑު ޖަރީމާ ނިމުމަކަށްގެނައީއެވެ. އެވެސް އަދި އެމީހުން ބޭނުންވެގެނެއް ނޫނެވެ. ދުނިޔާގެ ރައްޔަތުން އެކިޔާ ފާޑުފާޑުގެ ކޮވިޑް ގަބޫލޫ ނުކުރުމުންނެވެ. މީގެ އެންމެބޮޑު ހެއްކަކީ 135،000 މީހުން ޗައިނާއިން ކޮވިޑް ޕޮޒިޓިވެކަމަށް ބުނި ހަފުތާގެ އަނެއް ހަފްތާގައި ޗައިނާގެ ބޯޑަރު ހުޅުވާލަ ހުޅުވާލުމެވެ. އެމީހުންތައް ދުނިޔާގެ ހުރިހާ ދިމާލަކަށް ދަތުރުތައް ފެއްޓިއެވެ. ބައެއް ގައުމުތަކުން ހުއްޓުވަން ކިޔާފަ ފަހަކުން އަޅައެއް ނުލިއެވެ. ދެން އެންމެނަށްވެސް ކޮވިޑް މިއީ ފޭކު ޖެއްސުމެއްކަން އެނގުނީއެވެ. ދެން މިހާރު އެއީ ޢާންމު ރޯގާޔަކަށް އެ ޢިއުލާނުކުރީއެވެ. ހެޔޮވާނީ ކިހިނެއްހެއްޔެވެ. ޓެސްޓައް ތައްޔާތު ކުރި ވެކްސިންތައްވެސް އިންސާނުން ގަޔަށް ގަދަކަމުން ތެޅުވީއވެ. މިލިޓަރީ ނިކުމެ ގޭބަންދުކޮށް މީހުންގެ ވަޒީފާތައްވެސް ގެއްލި އެތައްބަޔަކު ދަންޖެހި މަރުވެސްވީއެވެ. ގިނަބަޔަކު ބޭންކކްރަޕް ކޮށްލީއެވެ. ފައުޗީ އާއި ބިލްގޭން ހަމަ ހެވިފާ ޑްބްލިޔޯ އެޗް އޯގެ ނިވަލުގައި އެތިބީއެވެ.