އުތުރުގެ ރަށެއްގައި ކުޑަ ކުއްޖަކަށް އެކި ފަހަރު މަތިން ޖިންސީ ގޯނާކުރަމުންދިޔަ މައްސަލައެއް ފެންމަތިވެ, ފުލުހުން އެ މައްސަލަ ބަލަން ފަށައިފިއެވެ.
ފުލުހުން މިއަދު ވިދާޅުވީ އަޕާ ނޯތު ރީޖަން (ހއ.އަތޮޅު, ހދ.އަތޮޅު, ށ.އަތޮޅު) ގައި ހިމެނޭ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް މިދިޔަ މަހުގެ 29 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމުގައެވެ.
ފުލުހުން ބަލަމުން އަންނަނީ އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ގިނަ ބަޔަކުވެގެން އެކި ފަހަރު މަތިން ޖިންސީ ގޯނާކުރަމުންދިޔަ މައްސަލައެކެވެ.
މި މައްސަލައިގައި އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
ޖެންޑާ މިނިސްޓްރީން ވިދާޅުވީ މިފަދަ މައްސަލައެއް އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި ޖިންސީ ގޯނާ ލިބުނު އަންހެން ކުއްޖާއަށް މިނިސްޓްރީން ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
2 Responses
ހުރިހާފަހަރު ނުބާނުލަފާމީހުން ބެހޭއިރު މީހެއްކަރިބުނަެް އެކުއްޖާއަށްނޭގެނީތަ ބެލެނިވެރިއަކުވެސްނެތީތަ ދެރައީ ދެދުވަސްވައިރަށް ދޫކޮންލާތި އެކަމަކު ދޫނުކުރެވޭނެ މީހަކުހުރޭ ވެރިމީހަ ހަމަބިރުގަންނަވަރުން ވެރިކަންގެއްލުމުގެބިރުހީވެ ދޫކޮންނުލާވެގެން.ހުންނަމީހެއްއެއީ
މިއަންހެންކުއްޖާ ޓެސްޓްކޮށްފިބާއެވެ. މިހާރު 14 އަހަރުގެ ކުދިންވެސް ފައިސާއަށް ހެއްލި ކޮންމެފަދަ ސަކަރާތެއްވެސް ޖަހާފާނެތީ ހަމަ އަހާލިއެވެ.