އެމްއާރްއެމްގެ އިސް ބޭފުޅުންތަކެއް ޕާޓީން ވަކިވެވަޑައިގެންފި

Loading

Facebook
Twitter
WhatsApp

އަންނަ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރެއްވުމަށް ނިންމަވައި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ އިސް ބޭފުޅުންތަކެއް މިއަދު އެ ޕާޓީން ވަކިވެވަޑައިގެންފިއެވެ.

އެމްއާރްއެމްއިން އިސްތިއުފާދެއްވި ހުރިހާ ބޭފުޅުންނަކީ ވެސް އެ ޕާޓީއަށް ސަރުކާރުގެ ތެރެއިން ލިބުނު ސްލޮޓްތަކުގައި މަގާމުތަކަށް ވަޑައިގެން ތިއްބެވި ބޭފުޅުންނެވެ.

އިސްތިއުފާ ދެއްވި ބޭފުޅުންނަކީ:

1- ޕާޓީގެ ނައިބު ރައީސް އަދި މޯލްޑިވް ގޭސްގެ މެނޭޖިން ޑައިރެކްޓަރު ޝަޒައިލް ޝިޔާމް

2- ޕާޓީގެ އެކްސްކޯ މެންބަރު އަދި އެމްއައިޓީޑީސީ މެނޭޖިން ޑައިރެކްޓަރު މުޙައްމަދު ރާއިދު

3-އެމްޓީޑީސީގެ މެނޭޖިންގ ޑައިރެކްޓަރު ތަޒްމީލް އަބްދުލް ޞަމަދު.

4- ޕާޓީގެ ޒުވާނުންގެ ކައުންސިލްގެ ރައީސް އަދި ސީނިއަރ ޕޮލިސީ އެގްޒެކެޓިވް ޑިރެކްޓަރ މިނިސްޓްރީ އޮފް ޓޫރިޒަމް. އިބްރާހީމް ފަރުހަދު

5-ޕާޓީގެ ސްޕޯކސް ޕަރސަން އަދި ޑައިރެކްޓަރ ކޮމިނިއުކޭޝަންސް މިނިސްޓަރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް އިސްމާއިލް ނާއިލް ނަޝީދު.

6-އަބޫދާބީއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރ އަބޫދާބީ މުޙައްމަދު ފައިސަލް.

7-ޕޮލިސީ އެގްޒެކެޓިވް ޑައިރެކްޓަރ މިނިސްޓަރީ އޮފް ފިޝަރީޒް މެރިން ރިސޯރސަސް އެންޑް އެގްރިކަލްޗަރ އަބްދުލްޙަމީދު އަޙްމަދު

8-އެކްސްކޯ މެންބަރު ޙަސަން ހައްޔާން އަޙްމަދު.

އެމްއާރްއެމްއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ބޭފުޅުންގެ ނަންތައް އެ ޕާޓީން މަގާމުތަކަށް ފޮނުވީ އެ ބޭފުޅުންނަކީ ގާބިލު ބޭފުޅުންކަމުގައިވާތީ ކަމަށެވެ. އެހެންކަމުން އެ ބޭފުޅުން ފުރުއްވަމުން ގެންދަވާ ސަރުކާރުގެ މަގާމުތަކުގައި އެ ބޭފުޅުން ދެމިތިއްބެވުމަކީ އެ ޕާޓީން އެދޭގޮތް ކަމަށް ވެސް އެމްއާރްއެމްއިން ބުންޏެވެ.

އެމްއާރްއެމްއިން ވަނީ އެބޭފުޅުން ޕާޓީއަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކަށް ޝުކުރު އަދާކޮށްފައެވެ.

Loading

2 Responses

  1. މިހާރު މާނަކުރެވޭގޮތުގައި ގާބިލް ކަމުގެ ތެރޭގައި އަމާނާތަްތެރިކަމާއި އިޙްސާންތެރިކަން ނުހިމެނޭ. ގާބިލުކަމުގެ އެންމެ މުހިންމު ސިފައަކީ ތިމާއަށް ފައިދާކުރަނިވި ކޮންމެ ކަމެއް އަނެއްކުންނަށް ލިބިދާނެ ދެރައަކާމެދު ބަލާލުމެއްނެތި ކޮށްލަން ކެރުން.

  2. މައުމޫނު ވަރަށް ޑިމޮކްރެސީއަށް ލޯބިކުރެއެވެ. އެހެނީ ކޮންމެ ޕާޓީއެއްގައި އޭނާގެ ދަރިއެއް ވެއެވެ. މިހާރު ފާރިޝް އާއި އެކު އޭނާގެ އަމިއްލަ ޕާޓީގައި ހުރި އަންހެން ދަރި ވެސް އެދިޔާއީ ޖޮބް ގެރެންޓީއަށް ސޯލިޙު ކައިރިއަށެވެ. ދެންފަހެ އެމްއާރއެމް ގެ ޙަލާއިމެދު ވިސްނަވާށެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް