ޑްރަގް އެތެރެކުރި އިންޑިއާ އަންހެން މީހާގެ ބަސް ދަންނަ މީހަކު އަދިވެސް ނުލިބޭ

Loading

Facebook
Twitter
WhatsApp

ވައިގެމަގުން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ހައްޔަރުކުރި އިންޑިއާގެ އަންހެން މީހާ ވާހަކަ ދައްކާާ ބަސް ދަންނަ މީހަކު އަދިވެސް ނުލިބޭކަމަށް ފުލުހުން އިއްޔެ ކޯޓުގައި ބުނެފިއެވެ. 

ވައިގެ މަގުން އިތިއޯޕިއާއިން ރާއްޖެއައި އިންޑިއާގެ ރައްޔިތެއްކަމަށްވާ ލަލްތުލަންޕަރި (56 އ) ހައްޔަރުކުރީ މިދިޔަ އޭޕްރީލްމަހުގެ 12 ވަނަ ދުވަހުއެވެ. އެއީ އޭނާގެ ލަގެޖުން ޖުމްލަ 5.3 ކިލޯގެ މަސްތުވާތަކެތި ފެނުމާ ގުޅިގެންނެވެ.

މި މައްސަލައިގައި އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ފުރަތަމަ ޖެހީ 3 ދުވަހެވެ. 

އޭގެފަހުން ދެ ފަހަރެއްގެ މަތިން ބަންދުގެ މުއްދަތު އިތުރުކުރިއެވެ.

އެ ދުވަހު ކޯޓުން ބުނީ އޭނާއަށް ދައުލަތުން ވަކީލަކު ހަމަޖައްސައިދީފައިވީ ނަމަވެސް އޭނާއަށް އިނގިރޭސި އަދި ހިންދީ ބަސް ވެސް ނޭނގޭ ކަމަށެވެ. އެހެންކަމުން ވަކީލާ މުއާމަލާތު ކުރުމުގައި ދަތިތަކެއް ވެސް ހުރި ކަމަށް ފާހަގަކުރި ކަމަށެވެ. 

”ތަރުޖަމާނު މެދުވެރިކޮށް ދައްކާ ވާހަކަތައް ވެސް ތުހުމަތުކުރެވޭ މީހާއަށް ފަހުމު ނުވާކަން ފާހަގަކުރެވޭ.”

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރު ކުރުމުން ވަނީ ބަންދަށް އިތުރު ފަސް ދުވަސް ޖަހައިފައެވެ.

ކޯޓު އަމުރުގައި ބުނެފައިވަނީ އިއްޔެގެ މަޖިލީހަށް އޭނާ ހާޒިރުކުރިއިރު ވެސް އޭނާގެ ބަހުން ތަރުޖަމާކުރެވޭނެ ވަކީލަކު ހަމަޖެހިފައިނުވާކަމަށް އައިއޯ ފާހަގަކުރެއްވި ކަމަށެވެ. އަދި ފުލުހުންގެ ފަރާތުންނާއި ވަކީލުންގެ ފަރާތުން ވެސް ތަރުޖަމާނެއް ހޯދުމަށް މަސައްކަތް ކުރާކަން ވެސް ފާހަގަ ކުރެއްވި ކަމަށެވެ.

Loading

4 Responses

  1. މިއި ކޮން ނަސްލެއްގެ ކޮން ހިސާބެއްގެ ކޮންބަހަކުން ވާހަކަ ދައްކާ މީހެއްކަންވެސް ނޭގުނު މިކިޔާ ނިމުނުއިރު.

  2. ތީ އިންޑިޔާ މީހެއްނު މާބޮޑު ކަމަކަށް ނުހަދާ އަވަހަށް ދޫކޮށްލާ. މިގައުމަކު އިންޑިޔާ މީހަކު ކުށެއް ނުކުރާނެ. ބަލަންތިބޭތި ތިމީހާ މާގިނަދުވަހެއްނުވެ ޑީޕޯރޓް ކޮށްލައިފީމޭ ކިޔާފަ ފުރުވާލަން. ވެރިކަމުގަ މިހުރީ އިންޑިޔާއިން އިމްޕޯރޓް ކޮށްފަހުރި ބުދެއްނު.

  3. ބަސް ދަންނަ މީހުންނެތްއިރު ހިފާގެންއައީ ކީވެބަ މުއާމިލާތް ތަކެން ބަޔަކާކުރެވިގެންތަ ހިފާގެންއެއައީ

  4. އިންޑިޔާ އެމްބަސީގައި ތިބޭނެ ބަސްދަންނަ މީހުން. ނޫނީ ޢަބުއްﷲ ރިޔާޒް މެނާހަވާލުކޮށްފާ ދަގަނޑު އޭންގަލް ނޫނީ ކީސްބިޑި ޓްރީޓްމަން ދިނީމާ އެނަޔަށް ބަސްތައް ހަނދާންވަނެކެން ޔަގީނެވެ. އެހެނަސް އިންޑިޔާމީހެއްވީމާ މިސަރުކާރަކަށް މާބޮޑު ކަމެއް ނުކުރެވޭނެއެވެ. ދެން ފޮނުވާލާނީކަން ޔަގީނެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް