ހުމާމް މަރަން ކުރި ހުކުމުގެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅައިފި

Loading

Facebook
Twitter
WhatsApp

ދީނީ އިލްމުވެރިޔާ ޑރ.އަފްރާޝީމް ޢަލީ އަވަހާރަކޮށްލި މައްސަލާގައި މަރަން ހުކުމް ކޮށްފައިވާ ޙުސައިން ހުމާމް އަޙްމަދުގެ މައްސަލަ އޭނާގެ ފަރާތުން ސްޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

އެ ހުކުމުގެ މައްސަލަ ހުމާމުގެ ފަރާތުން ސްޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ އޭޕްރީލްމަހުގެ ފަހުކޮޅުގައެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާމެދު އެ ކޯޓުން އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.

ޑރ.އަފްރާޝީމް އަވަހާރަކޮށްލި މައްސަލާގައި ހ.ލޮބީ, ޙުސައިން ހުމާމް މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2014 ވަނަ އަހަރުގެ ޖަނަވަރީގައެވެ. އެ މައްސަލަ ހަމަ އެ އަހަރު ހުމާމުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ ހުމާމް މެރުމަށް ދަށު ކޯޓުން އިއްވި ހުކުމަށް ތާއީދުކޮށްފައެވެ.

އެ ހުކުމަކީ ނިހާއީ ހުކުމެއް ކަމަށް ކަނޑައެޅުމަށް ދައުލަތުން އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅީ 2016 ވަނަ އަހަރުގެ ފެބްރުއަރީގައެވެ. އެ ގޮތުން ފަސް ފަނޑިޔާރުން ހިމެނިވަޑައިގަންނަވާ ބެންޗެއްގެ އިއްތިފާގުން ވަނީ ދަށު ކޯޓުގެ ހުކުމަށް ތާއީދުކޮށްފައެވެ.

ހުމާމް މެެރުމަށް ހުކުމް ކުރީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ އޭރުގެ މެންބަރު ޑރ.އަފްރާޝީމަށް ހަމަލާ ދިނުމަށް ރާވައި, 2012 ވަނަ އަހަރުގެ އޮކްޓޫބަރު 02 ވަނަ ދުވަހުގެރޭ ހުމާމާއި އިތުރު ބަޔަކާއެކު ޑރ.އަފްރާޝީމް އޭރު ދިރިއުޅުއްވަމުން ގެންދެވި ހ.ފުންވިލުގެއަށް ގޮސް އެމަނިކުފާނަށް ތޫނު އެއްޗަކުން ހަމަލާދީ މަރައިލުމާ ގުޅިގެންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް