އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ޕީޕީއެމްގެ ރައީސް, ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ އަތްޕުޅު ކެނޑުމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ގޮވައިލެއްވި މައްސަލަ ތަހުގީގު ކުރުމަށް އެ ކޯލިޝަނުން މިރޭ ގޮވާލައިފިއެވެ.
ރައީސް ޔާމީންގެ އަތް ކެނޑުމަށްފަހު އިތުރު 100 އަހަރަށް ޖަލަށްލާންޖެހޭ ކަމަށް ޝިފާއު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައެވެ.
ޝިފާޢުގެ ވާހަކަ ކުށްވެރިކޮށް އިދިކޮޅު ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް ޔާމީން އަތްޕުޅު ބުރިކުރުމަށް ގޮވައިލެއްވި ގޮވައިލެއްވުމަކީ ޓެރަރިޒަމަށް ހިތްވަރުދޭ އަމަލެއް ކަމަށެވެ.
އެހެންކަމުން މި މައްސަލަ ލަސްކުރުމެއް ނެތި ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް ދެއްވުމަށް އިދިކޮޅު ކޯލިޝަނުން ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ގޮވައިލާފައެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޝިފާޢުއަކީ މި ސަރުކާރު ދިފާއުކޮށް އެންމެ އަޑުގަދަކޮށް ވަކާލާތުކުރައްވާ އެމްޑީޕީއަށް ނިސްބަތްވާ މެންބަރަކަށްވާއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙަށާއި މި ސަރުކާރަށް ތާއީދު ކުރައްވާ މަޖިލީހުގެ މެންބަރުންގެ އިތުރުން ރައީސް ޞާލިހުގެ ކެބިނެޓްގެ ބައެއް ވަޒީރުން ވެސް ރައީސް ޔާމީނަށް އަނިޔާކޮށް ނިޒާމުން ގެއްލުވައިލަން މަސައްކަތް ކުރައްވާ ކަމަށެވެ.
އޭގެ އެއް މިސާލެއްގެ ގޮތުގައި އިދިކޮޅު ކޯލިޝަނުން ނެގީ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އިއްޔެ ކުރެއްވި ޓުވީޓެވެ.
2015 ވަނަ އަހަރުގެ މޭޑޭގައި ކުރި މުޒާހަރާގައި އިސްކޮށް ހުންނެވި އިމްރާންގެ ޓުވީޓުގައި ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ އަނިޔާވެރިކަމާއި ޖައްބާރުކަމުން ދިވެހިން ސަލާމަތް ކުރެވުނީ މޭޑޭގައި ދިވެހިން ދެއްކި އެއްބައިވަންތަކަމާއި ކުރި ހިތްވަރުގެ މައްޗަށް ބިނާކުރެވުނު މަސައްކަތުން ކަމަށެވެ.
އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ސިފަކޮށްފައިވާ ގޮތުން އިމްރާންގެ ޓުވީޓަކީ ޒާތީގޮތުން ކުރެއްވި ޓުވީޓެކެވެ. އެއީ ރައީސް ޔާމީނަށް އަނިޔާވެރިވާނެކަމަށް ގޮވައިލެއްވުން ކަމަށް ވެސް އިދިކޮޅު ކޯލިޝަނުން ސިފަކުރިއެވެ.
ރައީސް ޔާމީނަކީ އެ ކޯލިޝަންގެ ފަރާތުން މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓްކަން ފާހަގަކޮށް ބަޔާނުގައި އިތުރަށް ބުނެފައިވަނީ ކަން އެހެން ހުރިއިރު ކުރިއަށް އޮތްތަނުގައި އެމަނިކުފާނަށް އިތުރު އަނިޔާދީ އެމަނިކުފާނުގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ކަންކަން ގެންގޮސްދާނެކަމުގެ ބިރު އޮތްކަން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ސަރުކާރަށް ތާއީދުކުރައްވާ މަޖިލީހުގެ މެންބަރުންގެ ބަސްމަގުން ސާފުވަމުންދާ ކަމަށެވެ.
އެހެންކަމުން އެމަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ވަގުތުން ވަގުތަށް އެމަނިކުފާނު ގެކޮޅަށް ބަދަލުކޮށްދެއްވުމަށް ކަމާބެހޭ އެންމެހައި ފަރާތްތަކަށް ގޮވައިލާކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.
3 Responses
ވަގުންގެ އަތްކެނޑުމާއި މަރަށް މަރުހިފުން ފަދަ ކަންތަކަކީ ޓެރަރިޒަމް ކަމަށް މުސްލިމުން ބުނާނަމަ، އެބައެއް އެވަނީ މާތްވެގެންވާ އިސްލާމްދީނުން ބޭރުވެފައެވެ.
ޔާމީނު ކުރިމަތިލިޔަކަ އިންޑިޔާއަކުން ނުދޭނެ. ނަޝީދު ބުނެފާވާހެން މިސަރުކާރު ގެނެސްދިނީ އިންޑިޔާގެ ވިރީން ހުޅުވައިދެއްވި ހަނި ވިންޑޯއަކުން. ވެރިކަން ލިބުމަށްފަހު އެ ވިންޑޯ މިހާރުވަނީ ބަނޑޭރިގޭ ބޮޑު ދޮރޯށިވަރަށް ބޮޑުވެފާ. އެކަމުގައި އެކުގައި އެންމެ ގަދަޔަށް އުޅުނީ ފަކުރެއްގެ ދިރުމުގެ ވެރިޔާ. އަސްލު ފިކުރަކަށްވުރެ ފަކުރަކާ ވައްތަރީ. އެހެނީ އީސީ ޝަރީފުލައްވާ އެހުރިހާ ސަކަރާތެއް ޖެހީ ނަޝީދު އިސްކޮށްހުރެ ދޮގުވެރި އިމްރާނާނާއި ވެރިކަމުގެ ”ހުނަރުވެރި“ މައުމޫނާއި ގައުމު ސޭޓާއި ޙަވާލުކުރެވެން ނެތްކަމަށް ބުނަމުން އައި އެއްކަލަ ސޭޓާއި ބައިޢަތު ހިފައިގެނެވެ. ވީއިރު ދެން މިހާރު ބަނޑޭރިގޭ ގޭޓަށްވުރެވެސް ބޮޑަށް މިފަހަރު އިންޑިޔާއިން ހުޅުވައިދޭނެ ނޫންހެއްޔެވެ. ހުސް ހަމަ ލަނޑާ. ޔަމީނުވެސް އަދީބު އެހުރިހާ ވައްކަމެއްކުރަމަުން ދިޔައިރުވެސް ބުނީ އެއީ ޚާލިދު ބުނު ވަލީދުކަމަށެވެ. މަވާ ސަލާމް. ގައުމު ކައި ހުސްކޮށްގެން އެންމެން ރައްޔަތުން ނަށްޓުނާށެވެ.!
އަޅުގަނޑު ހީކުރީ މަޖިލީހުގެ މެމްބަރުންނަކީ ވަރަށް ޚާއްސަ އިމްތިޔާޒުތަކެއް ލިބިވަޑައިގެން ތިއްބެވި ބޭފުޅުންތަކެއް ކަމަށް. ކޮންމެ ވާހަކަފުޅެއް ވިދާލޅުވިޔަސް ގާނޫނީ ގޮތުން ފިޔަވަޅެއް ނޭޅޭނެކަމަށް. އެއީ ގާނޫނު ހަދަނީވެސް އެބޭފުޅުންވީމާ. އެހެންވީމާ ތިއްބަވަންޖެހޭނީވެސް ގާނޫނަށްވުރެން މަތީގައިތާ…