ރިޔާސީ އިންތިޚާބު 2023: ވޯޓުލުމުގެ ހައްގު ލިބެނީ 282,755 މީހުންނަށް

Loading

Facebook
Twitter
WhatsApp

އަންނަ ސެޕްޓެމްބަރު މަހުގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ވަގުތީ ލިސްޓު އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު އާންމުކޮށްފިއެވެ.

އީސީން އާންމުކުރި ލިސްޓުގައިވާ ގޮތުން ސެޕްޓެމްބަރު ނުވަވަނަ ދުވަހުގައި ބާއްވަން ތާވަލުކޮށްފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބެނީ 282,755 މީހުންނަށެވެ. އޭގެތެރޭގައި ހިމެނެނީ 144,408 ފިރިހެނުންނަށާއި 138,347 އަންހެނުންނެވެ.

މިއަހަރުގެ އިންތިޚާބުގައި 282,755 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބޭއިރު, މިއީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބުނު މީހުންގެ އަދަދަށްވުރެ 19,755 މީހުންގެ އިތުރުވުމެކެވެ.

2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބުނީ 263,000 މީހުންނަށެވެ. 

އީސީގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް ކުރެއްވި ޓުވީޓެއްގައިވަނީ ވޯޓުލާ މީހުންގެ ލިސްޓު ސައްހަ ކުރުމަށްޓަކައި ފަރުދުންނާއި ޕާޓީތަކުން މަސައްކަތް ކޮށްދެއްވުން އެދިވަޑައިގެންފައެވެ. އޭނާ ވިދާޅުވި ގޮތުގައި ލިސްޓު ކައުންސިލްތަކުގެ އިދާރާއިން ވެސް ބެލޭނެއެވެ.

ލިސްޓަށް ޝަކުވާ ހުށަހަޅާނީ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ މި މަހުގެ 31 ވާ ބުދަ ދުވަހުގެ މެންދުރުފަހު 02:00 ގެ ނިޔަލަށެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޝަކުވާ ފޯމުންނެވެ. ޝަކުވާ ފޯމު އީސީގެ ވެބްސައިޓުންނާއި އެ ކޮމިޝަނުގެ އިދާރާއިން ލިބެން ހުންނާނެއެވެ. ޝަކުވާ ހުށަހަޅާނީ ކޮމިޝަނުގެ އީމެއިލް އެޑްރެސް ކަމަށްވާ [email protected] އަށް ފޮނުވައިގެންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް