އައްޑޫސިޓީގައި ފްލެޓަށް ޕޮއިންޓް ދިންގޮތުގެ ވަގުތީ ލިސްޓް އާންމުކޮށފި

Loading

Facebook
Twitter
WhatsApp

ސަރުކާރުގެ “ ގެދޮރިވެރިކުރުން“ ޕްރޮގްރާމްގެ ދަށުން އައްޑޫ ސިޓީގެ އިމާރަތްކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ބައެއް ފްލެޓްތަކަށް އެދި ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ދިން ގޮތުގެ ވަގުތީ ލިސްޓް އާންމުކޮށް ޝަކުވާ ހުށާހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އައްޑޫ ސިޓީ އިދާރާއިން މިއަދު ކުރި އިއުލާން އެއްގައިވާގޮތުން މި އިއުލާންކުރި ފަރާތްތަކަކީ ހިތަދޫ އަވަށުގައި އިމާރާތްކޮށްފައިވާ 264 ފްލެޓްގެ ތެރެއިން ޑީ ކެޓަގަރީގައި ހިމެނޭ 32 ފްލެޓަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވެގެން ޕޮއިންޓް ދެވިފައިވާ ފަރާތްތައް ކަމަށެވެ.

މި ލިސްޓް މިހާރު ގެޒެޓް ކޮށްފައިވާއިރު އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ މި ލިންކުން ވަގުތީ ލިސްޓާއި ޝަކުވާ ފޯމް ބެލޭނެއެވެ   http://www.adducity.gov.mv/iulaan/903

ޕޮއިންޓް ލިބިފައިވާގޮތާއި މެދު އިތުރަށް ކަމެއް ސާފްކުރުމަށް ބޭނުންވާ ފަރާތްތަކާއި ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ޝަކުވާ ފޯމް ފުރިހަމަ ކުރުމަށްފަހު ސިޓީ ކައުންސިލް އިދާރާއަށް ނުވަތަ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ އަވަށުއޮފީހަށް ހުށަހެޅުމަށް ސިޓީކައުންސިލް އިދާރާއިން އެދެއެވެ.

ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުުވާލައިފައިވަނީ މި މަހު 24 ވަނަދުވަހާ ހަމައަށެވެ.

އައްޑޫސިޓީ ކައުންސިލް އިދާރާއިން ވިދާޅުވީ ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އިއުލާން ކުރާނީ ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން ނުވަތަ ސާފްކުރެވޭ އިތުރު މައުލޫމާތަކާއި ގުޅިގެން ލިސްޓަށް ގެންނަންޖެހޭ އުނިއިތުރެއްވާނަމަ އެ އުނިއިތުރެއް ގެނައުމަށްފަހުގައި ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް