އެޕަލްގެ އާ ޕްރޮޑަކްޓްތައް ލޯންޗްކުރާއިރު އާ އައިފޯން ނުފެނިދާނެ!

Loading

Facebook
Twitter
WhatsApp
    އެޕަލް ކުންފުނިން ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހު، އެކުންފުނީގެ އާޕްރޮޑަކްޓްތައް ދައްކާލުމަށް ބާއްވާ ރަސްމިއްޔާތު މިރޭ ބޭއްވުމަށްވަނީ ހަމަ ޖެހިފައެވެ. މިރަސްމިއްޔާތު މިއަހަރު އޮންނާނީ އެހެން އަހަރުތަކާއި ތަފާތު ގޮތަކަށެވެ. މިފަދަ ގިނަ ހަފްލާތަކެކޭ އެއްފަދައިން މިރަސްމިއްޔާތު އޮންނާނީ ވާޗުއަލް ކޮށެވެ. މިރަސްމިއްޔާތު ފެށޭނީ މިރޭ ރާއްޖެ ގަޑިން 22:00 ގައެވެ. މި އިވެންޓް އޮންނާނީ ”ޓައިމް ފްލައިސްގެ“ ނަމުގައެވެ.
    މި އަހަރުގެ މި ރަސްމިއްޔާތާއި ގުޅިގެން އެޕަލްގެ ފޭނުންނަށް ވަނީ ހިތާމަވެރި ޚަބަރެއް ލިބިފައެވެ. މިރޭގެ ރަސްމިއްޔާތުގައި އެޕަލްގެ އައު އައިފޯން ދައްކާނުލާނެ ކަމަށް ރިޕޯޓްތައް ދަނީ ބުނަމުންނެވެ. މި އަހަރު އައިފޯން މާކެޓަށް ނެރުން ލަސްވާނެ ކަމަށް އެޕަލްއިން ކުރިންވެސް ބުނެފައިވާއިރު، މިމަހުގެ ފަހުކޮޅު ނުވަތަ އަންނަމަހުގެ ކުރީކޮޅު އައިފޯން ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ދަނީ ބުނަމުންނެވެ.
    މި އިވެންޓްގައި އައިފޯން ދައްކައިނުލިޔަސް، އެހެން ގިނަ ޕްރޮޑަކްޓްތަކެއް ދައްކާލަން ހަމަޖެހިފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. އެގޮތުން އައިޕެޑް އެއާގެ އައު ޕްރޮޑަކްޓާއި، އެޕަލްގެ ސްމާރޓްވޮޗް ސީރީޒްގެ އެންމެ ފަހުގެ ޕްރޮޑަކްޓް ދައްކާލާނެއެވެ. އަދި ހަމަ އެހެންމެ ”އެޕަލް ވަން“ގެ ނަމުގައި އާ ސާވިސްއެއް ތަޢާރަފް ކުރާނެ ކަމުގެ މައުލޫމާތު ލިބެއެވެ. ހަމަ އެއާއިއެކު މިރޭ އައިއޯއެސް 14 އާއި ބެހޭ އިތުރު މައުލޫމާތުވެސް ހާމަކުރުން ގާތެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް