ތައިލޭންޑަށް ދަތުރުކުރާ މީހުންގެ ސަމާލުކަމަށް

Loading

Facebook
Twitter
WhatsApp

ބެންގްކޮކް ޕޯސްޓް ޚަބަރު ބުނާގޮތުގައި މިއަދުންފެށިގެން، ޗައިނާ ހުޅުވާލުމާއި ގުޅިގެން  ތައިލޭންޑަށް ދަތުރުކުރާ ފަތުރުވެރިން އިތުރުވެގެން ދާނެތީ ތައިލޭންޑަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކޯވިޑް 19 އާއި ގުޅޭ ބައެއް ފިޔަވަޅުތައް އަލުން ތަޢާރުފް ކުރަން ނިންމާފައިވާކަމަށް އެގައުމުގެ އޭވިއޭޝަނާބެހޭ އިދާރާއިން ހާމަކޮށްފިިއެވެ.  

މީގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ތައިލޭންޑަށް ޒިޔާރަތްކުރަން ދަތުރުފެށުމުގެ ކުރިންކޯވިޑް 19 އަށް ފުރިހަމައަށް ވެކްސިން ކޮށްފައިވާކަން ސާބިތުކޮށްދޭން ޖެހޭނެއެވެ. ތައިލޭންޑުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން އާންމުކޮށްފައިވާ ސްޓޭޓްމެންޓެއްގައި ބުނެފައިވަނީ މިއަންނަ ހޯމަދުވަހުން ފެށިގެން ތައިލޭންޑަށް ޒިޔާރަތްކުރާ ފަތުރުވެރިންނަކީ ކޯވިޑް 19 އަށް ފުރިހަމައަށް ވެކްސިންކޮށްފައިވާ މީހުންކަން ނުވަތަ އެމީހުންނަކީ ފާއިތުވެގެން މިދާ 6 މަސްދުވަހުގެ ތެރޭގައި ކޯވިޑް 19 އިން ސަލާމަތް ވެފައިވާ ބައެއްކަން ސާބިތުކޮށްދޭ ރަސްމީ ލިއުމެއް އޮންނަން ޖެހޭނެކަމަށެވެ. 

އަދި ވެކްސިން ފުރިހަމަނުކުރާ މީހުން އޭގެ ސަބަބު އޮޅުންފިލުވާދޭ މެޑިކަލް ސެޓްފިކެޓެއް އޮންނަން ޖެހޭނެއެވެ. އެ އިދާރާގެ ވެބްސައިޓުގައި ކޯވިޑްގެ ތަފާތު ވައްތަރުތަކަށް ފުރިހަމަ ކުރަންޖެހޭ ވެކްސިންގެ ތަފްސީލު ހާމަކޮށްފައިވާނެ ކަމަށްވެސް  ބުނެފައިވެއެވެ. އަދި އެކަންކަން ބަލާ ޗެކްކުރުމަކީ ތައިލޭންޑަށް ދަތުރުކުރާ އެއަރލައިންތަކުގެ މަސްއޫލިއްޔަތެކެވެ. މި ފިޔަވަޅުތައް މިހިނގާ ޖެނުއަރީ މަހުގެ ނިޔަލަށް ދެމިއޮންނާނެ ކަމަށެވެ.                            

ކޯވިޑް 19 ގެ ބަލިމަޑުކަން މައިތިރިވަމުން ދިއުމާއި ގުޅިގެން ތައިލޭންޑުން ވަނީ ވެކްސިން ފުރިހަކޮށްފައިވޭތޯ ބެލުން ހުއްޓާލާފައެވެ. ނަމަވެސް ޗައިނާގެ ކޯވިޑް 19 ގެ ސިޔާސަތަށް ބަދަލުގެނައުމާއި ގުޅިގެން ވެކްސިން ފުރިހަމަކޮށްފައި ވޭތޯ ވަގުތީގޮތުން ބަލަން ގަސްދުކުރީ ކަމަށް ވެއެވެ. ޗައިނާއިން ތައިލޭންޑަށް ދަތުރުކުރާ ފުރަތަމަ ފްލައިޓް 286 ފަސިންޖަރުންނާއި އެކުމާދަމާ އެގައުމަށް ޖައްސާނެއެވެ.                                    

ތައިލޭންޑުގެ ރަށްވެހިންނާއި ތައިލޭންޑުގެ ތެރޭން ޓްރާންސިޓްކުރާ ފަރާތްތައް މި ފިޔަވަޅުތަކުން އިސްތިސްނާ ކުރާނެއެވެ.                                                                

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް