މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ އިނާމަށް އެދުމުގެ ފުރުސަތު!

Loading

Facebook
Twitter
WhatsApp

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމަަށް އެދި ނަން ހުށަހެޅުހުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ ހިތްވަރާއި، ހުނަރާއި، ޢިލްމީގޮތުން މަތީ ކާމިޔާބީތައް ހޯދާ ފަރާތްތަކުގެ އަގު ޤައުނީ ފެންވަރެއްގައި ވަޒަންކުރުމުގެ ގޮތުން ރައީސުލް ޖުމްހޫރިއްޔާ ދެއްވާ އިނާމެކެވެ.

މި އިނާމަށް އެދި ހުށަހަޅާ ފޯމު ހުށަހަޅަން ޖެހެނީ ރައީސް އޮފީހަށެވެ. އަދި މި ފޯމް ހުށަހަޅަން ވާނީ ޚާއްސަ އިނާމާ ބެހޭ ކޮމިޓީއަށް އެޑްރެސް ކޮށްފައެވެ. ފޯމް ހުށަހެޅުމުގެ ސުން ގަޑިއަކީ މިމަހުގެ 27 ވަނަ ދުވަހެވެ. އެދުވަހުގެ ކުރިން ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ފޯމް ބަލައިގަންނާނެ ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއެވެ.

މި އަހަރު، މަތީ ތަޢުލީމާއި ތަމްރީނުގެ ރޮނގުން ފާހަގަ ކޮށްލެވޭ ކާމިޔާބީއެއް ހޯދާ ފަރާތްތަކުގެ ތެރެއިން، އިނާމު ދެވެނީ ދެގިންތިއެއްގެ މީހުންނަށެވެ.

1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7،8 އަދި 9 ވަނަ ލެވެލްގެ ސަނަދެއް ހޯދާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީވަނަ ހޯދާފައިވާ ފަރާތްތައް.

2. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހޯދުމުގައި ކާމިޔާބު ވެފައިވާ ފަރާތްތައް.

 

މި އިނާމަށް ނަން ހުށަހަޅާ ފަރާތްތަކަށް އެ ކާމިޔާބީއެއް ލިބިފައިވަނީ 2017 ނުވަތަ އޭގެ ފަހުގެ އަހަރެއްގައި ކަމަށް ވާންޖެހެއެވެ. އަދި ނަން ހުށަހަޅާ ފަރާތަކީ ދިވެހި ރައްޔިތަކަށް ވާން ޖެހެއެވެ. ހަމަ އެހެންމެ އެފަރާތަކީ ކުށުގެ ރެކޯޑެއް އޮތް ފަރާތަކަށް ނުވުމަކީވެސް އެފަރާތެއްގެ އަސާސީ ޝަރުތުތަކުގައި ހިމެނޭ ކަމެކެވެ.

މި އެވޯޑް ލިބޭ ފަރާތްތަައް ކަނޑައަޅާނީ، އެކަަަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ޚާއްސަ ކޮމިޓީ އަކުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް