އަދުހަމް މެރުމަށް ހުކުމްކޮށްފި

Loading

Facebook
Twitter
WhatsApp

ޓެކްސީ ޑްރައިވަރު ޤާސިމް ޙަސަން މަރައިލި މައްސަލައިގައި ދައުވާ ލިބޭ އަދުހަމް މުޙައްމަދު މެރުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކުރައްވައިފިއެވެ.

ޅ.ހިންނަވަރު ބޮޑުހިޔާގޭ އަދުހަމް މުޙައްމަދު އދ.މާމިގިލީ, ކަނީރުމާގޭ ޤާސިމް ޙަސަން (59އ) އަށް ވަޅިން ހަމަލާދިނީ 2019 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 04 ވަނަ ދުވަހުގެރޭގެ ވަގުތެއްގައެވެ. އެ ގޮތުން ލިބުނު އަނިޔާތަކަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ހަމަ އެރޭގެ ވަގުތެއްގައި ޤާސިމް ނިޔާވިއެވެ.

މި މައްސަލައިގައި އަދުހަމްގެ މައްޗަށް ދައުލަތުން އުފުލި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅުއްވީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ.

ކްރިމިނަލް ކޯޓުންމިއަދު ވަނީ ވާރިސުންގެ ހެކިބަސް ނަގައިފައެވެ. ހުރިހާ ވާރިސުން ވެސް ބޭނުންވީ މަރަށް މަރު ހިފުމަށެވެ. އެހެންކަމުން ކްރިމިނަލް ކޯޓުން ހުކުމް އިއްވެވީ އަދުހަމް މެރުމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް