ގައުމުތަކުގެ ރައްޔިތުންގެ ވިސްނުންހުރިގޮތް ދިރާސާ ކުރާ އެމެރިކާގެ ގެލުޕް އޭޖެންސީން ހާމަކުރާ ގޮތުގައި މުސްލިމުންގެ އަޣްލަބިއްޔަތު އޮންނަ އެގާރަ ގައުމެއްގައި ކުރި ދިރާސާއިން ހާމަ ވެފައިވަނީ އެމެރިކާގެ މަގްސަދާ ދޭތެރޭ އެމީހުން އިތުބާރު ނުކުރާ ކަމަށެވެ.
ހަމައެހެންމެ ރައްޔިތުންނަށް ހަމަހަމަކަމާއި ޢަދުލު އިންސާފު ގާއިމްކޮށްދީ ޑިމޮކްރެސީ ގެނެސްދިނުމުގެ ނަމުގައި ފަންޑުކޮށްގެން ހިންގަމުން ގެންދާ ޙަރަކާތްތަކަކީވެސް އެމަގްސަދު ޙާސިލުކުރުމުގެ ނިޔަތުގައި ހިންގާ ޙަރަކާތްތަކެއް ކަމަށް އެމީހުން ގަބޫލެއް ނުކުރެއެވެ. އަދި އެމެރިކާއަށް އެކަން ކުރެވިދާނެ ކަމަކަށްވެސް އެމީހުން އިތުބާރެއް ނުކުރެއެވެ.
2003 ވަނައަހަރު ސައްދާމް ޙުސައިނުގެ ވެރިކަން ވައްޓާލުމަށް އިރާގުގެ ރައްޔިތުން ދިން ފުރިހަމަ އެއްބާރުލުމާއި އެކުގައިވެސް މިހާތަނަށް އެ ގައުމުގެ ރައްޔިތުން ބޭނުންވާފަދަ ހެޔޮ ވެރިކަމެއް އެމެރިކާއަށް ގާއިމްކޮށެއް ނުދެވުނެވެ.ވީ ކުރިއަށްވުރެ ގޯހެވެ.
އެދުވަސްވަރު އިރާގުގެ ރައްޔިތުންނާއި ސަރަޙައްދުގެ ބައެއް އެހެންގައުމުތަކުންވެސް އެމެރިކާއާއިމެދު ބަލަމުންދިޔައީ ރުހުމުގެ ލޮލަކުންނެވެ. އެކަމަކު މިއަދުގެ ޙާލަތަކީ ހަމައެކަނި އިރާގުގެ ރައްޔިތުން އެމެރިކާ އާއި ދޭތެރޭ ދެކޭގޮތް ބެލިކަމުގައިވިޔަސް ހާމަވެގެންދަނީ އެ ގައުމުގެ ރައްޔިތުންގެ %72 އެމެރިކާއަށް އެއްވެސް މިންވަރަކަށް އިތުބާރު ނުކުރާކަމެވެ.
މެދު އިރުމަތީގެ ގައުމުތަކުގެ ރައްޔިތުން ދެކޭ ގޮތް ބެލުމަށް އެންމެފަހުން ހެދުނު ސަރވޭގައި އެމެރިކާއާއި މެދު އެންމެ ބޮޑަށް ޝައްކުކުރަނީ އީރާނުގެ ރައްޔިތުންނެވެ. އެއީ އެ ގައުމުގެ އާބާދީގެ %81 އެވެ.
ތުރުކީއާއި ޓިއުނީޝިޔާ އަދ ފަލަސްތީނުން އެވްރެޖްގޮތެއްގައި %75 އެމެރިކާއަށް އިތުބާރު ނުކުރާއިރު ލެބަނަން ލީބިޔާ ޕާކިސްތާނު އަދި އަފްޣާނިސްތާނުގައި އެ ނިސްބަތް އުޅެނީ އެވްރެޖްގޮތެއްގައި %70 ގައެވެ.
ޖޯރޑްންގެ ރައްޔިތުންގެ މެދުގައި އަދިވެސް އެމެރިކާއަށް އިތުބާރުކުރުން އުޅެނީ ވަރަށް މަތީ ދަރަޖައެއްގައެވެ. އެ ގައުމުގެ %65 ރައްޔިތުން އެމެރިކާއަށް އިތުބާރުކުރެއެވެ.
އާންމުގޮތެއްގައި އެމެރިކާއިން މެދުއިރުމަތީގެ އެއްވެސް ގައުމަކަށް ރަނގަޅުގޮތެއް ހަމަޖެހިދާނެ މަގު ފަހިކޮށްދީފާނެ ކަމަށް އެގައުމުތަކުން އިތުބާރެއް ނުކުރެއެވެ.
މެދުއިރުމަތީގެ އިގްތިސާދު ރަނގަޅުކުރަން އެމެރިކާއިން ވެދޭ އެހީއާއި ފޯރުކޮށްދޭ ފުރުސަތުތަކާއި ބެހޭގޮތުން ކުރެވުނު ދިރާސާގައި ބާރަގައުމެއްގެ ނަތީޖާ ދައްކަނީ އެމެރިކާއިން އެ ސަރަޙައްދުގެ އިގްތިސާދު ރަނގަޅު ކުރުމަށް ފުރުސަތު ނުދޭނެކަމަށެވެ. މިހެންވުމުން މިހާރު މެދުއިރުމަތީގައި ޗައިނާގެ އެނހީގައި ސަޢޫދީ އާއި އީރާން އާއި ސީރިޔާގެ ސުލްޙަ ގާއިމުކޮށް ޑިޕްލޮމެޓީކް ގުޅުން ގާއިމުވެގެން ދިއުމަކީ ޙައިރާންވާން ޖެހޭކަމެއް ނޫނެވެ. ވައިޓްހައުސް އަށް ދިއުމުގެ ބަދަލު މިހާރު މަޝްވަރާ ކުރެވެނީ ބޭޖިންގްގައި ކަން ފާހަގަކޮށްލަން ޖެހެއެވެ.
2 Responses
އޯ އެމެރިކާ! މާލަސްވީ އިޒްރޭލުގެ ބައްޕަ އެގެން. ހުރިހާ ނުވައެއްގެ ބޮޑު ސޯބު އެމެރިކާ.
އެމެރިކާގެ ނުބައިކަން ލަހުންނަމަވެސް އެނގުނީމާ ދެން ބާކީ އޮތް ދުވަސްތަކުގައި އެމެރިކާއަށް ނުހެއްލި އުޅެން ވިސްނޭނެއެވެ. ދެން އިރާދަ ކުރެއްވިއްޔާ ޔަމަންގެ ހަނގުރާމަޔަށްވެސް ކޮންމެވެސް ހެޔޮގޮރެއް ސަޢޫދީން ހޯދާނެކަމަށް ބެލެވެއެވެ. އެމެރިކާއިން ނައްތާލަން ބޭނުންވެފާހުރި ހުރިހާ ބާ ހަތިޔާރުތަކެއް ސަޢޫދީއަށް ވިއްކާފަ ސަޢޫދީ އާއި އިމެރެޓްސް ލައްވާ ޔަމަން ފުންޑާލީއެވެ. ޔަމަންއަށް ވަރަށް ނިކަމެތިކަން ސަޢޫދީން އެވަނީ ދީފައެވެ. ދުޢާއަކީ އެމެރިކާގެ މަޅިން ސަޢޫދީ ސަލާމަތްވެ ހުރިހާ އިސްލާމީގައުމެއް އެކުގައި ވަރުގަދަވުމެވެ. އިންޝާﷲ