52 މިލިއަން ދައްކަން ރައީސް ޔާމީނަށް އެންގި އަމުރު ބާތިލުކޮށްފި

Loading

Facebook
Twitter
WhatsApp

ވ.އާރަށު މައްސަލައިގައި 52 މިލިއަން ރުފިޔާ ދައްކަން ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރުއްވި އަމުރު ހައިކޯޓުން މިއަދު ބާތިލު ކުރައްވައިފިއެވެ.

އާރަށު މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލި ދެ ދައުވާ ސާބިތުވާކަމަށް ކަނޑަައަޅުއްވައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ ޑިސެމްބަރު 25 ގައެވެ. ނަމަވެސް އެ މައްސަލައިގައި ލޯންޑާކުރެއްވި ކަމަށް ބުނާ 52 މިލިއަން ރުފިޔާ (3.4 މިލިއަން ޑޮލަރު) ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދައްކަން ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް އަމުރުކުރީ މިދިޔަ ފެބްރުއަރީ މަހުގެ 26 ގައެވެ.

އެ އަމުރަކީ އިޖުރާއަތްތަކާ ޚިލާފަށް ނެރުއްވި އަމުރެއްކަމަށް ބުނެ ޔާމީންގެ ފަރާތްޕުޅުން އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރެއްވީ މިދިޔަ މަހުގެ 13 ގައެވެ.

އެ މައްސަލައިގެ އަޑުއެހުންތައް މިދިޔަ މަހުގެ 30 ގައި ނިންމައިލުމަށްފަހު ހައިކޯޓުން މިއަދު ވަނީ ހުކުމް ކުރުމުގެ މަޖިލިސް ކުރިއަށް ގެންގޮސްފައެވެ.

ހައިކޯޓުގައި މި މައްސަލަ ބެެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައި ވިދާޅުވީ އާރަށު މައްސަލައިގެ ޝަރީއަތް ނިމުނުތާ މަހެއް ފަހުން ވަކިން ނެރެފައިވާ އަމުރަކީ އިޖުރާއަތްތަކާ ޚިލާފު, ސައްހަ ނޫން އަމުރެއް ކަމަށެވެ.

Loading

One Response

  1. ފަޅުތައް ވިއްކައިގެން ލިބިފަހުރި ތިޔަ ރުފިޔާއިން ބޮޑު އަގުގައި ގަތް ގޯތީގައި އަޅާ ގަޑުވަރު ފުރިހަމަ ކުރާށެވެ. ދިވެހި ރައްޔިތުން ނުކުމެ ކޮންމެވެސް ދުވަހަކުން ތިޔަ ތަން އަތުލާނަމެވެ. އިންޝާﷲ!

Leave a Reply to އަލިހޮއްކޮ Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް