މެލޭޝިޔާގެ މަޝްހޫރު 1 އެމް. ޑީ. ބީ. ގެ މައްސަލަ އޮޑިޓްކުރުމުގައި ކޮރަޕްޝަން ހިންގަވާފައިވާ ކަމަށްބުނެމެލޭޝިޔާގެ ކުރީގެ ބޮޑުވަޒީ ނަޖީބު ރައްޒާގާއި އެ ފަންޑުގެ ކުރީގެ ޗީފް އެގްޒެކެޓިވް އަރުލް ކަންދަސާމީ އާއި ދެކޮޅަށް ހުށައަޅާފައިވާ މައްސަލަ ސާބިތު ކުރެވޭފަދަ ހެކި ޕްރޮސެކިއުޓަރުންގެ ފަރާތުން ހުށައަޅާފައި ނުވާތީ އެދެބޭފުޅުންގެ އެމައްސަލަ ސާބިތު ނުކުރެވޭކަމަށް މެލޭޝިޔާގެ ހައިކޯޓުން ނިންމައިފިއެވެ.
ހައިކޯޓުގެ މި ޙުކުމް އައިސްފައިމިވަނީ ނަޖީބުގެ ކޮރަޕްޝަންގެ ކުލަ ހޭކިފައިވާ ޕާރޓީއާއެކު ސަރުކާރެއް އުފައްދައި ކުރީގެ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަނާ ދެކޮޅަށް ގިނަ މަސައްކަތެއް ކުރަމުންދާ ދުވަސްވަރެއްގައެވެ.އަދި ނަޖީބު މިހާރު ގުނަމުންގެންދާ 12 އަހަރުދުވަހު ޖަލު ޙުކުމް މުރާޖަޢާ ކޮށްދިނުންއެދި ސުޕްރީމްކޯޓަށް ހުށައަޅުއްވާފައިވާ މައްސަލައިގެ ނިމުންވެސް ކައިރި ވެފައި ވަނިކޮށެވެ. އާންމުގޮތެއްގައި މެލޭޝިޔާގެ ސުޕްރީމް ކޯޓަށް ހުށައެޅޭ މައްސަލަތަކުގައި ވަރަށް މަދު ފަހަރެއްގައި މެނުވީ ކާމިޔާބު ކުރެވިފައެއް ނެތެވެ.
ހުކުރުދުވަހުގައި ހައިކޯޓުން ކުރި ޙުކުމަކީ ބޮޑުވަޒީރު ކަމުގެ ދައުރުގައި 1 އެމް.ޑީ.ބީ ގެ މައްސަލަ އޮޑިޓް ކުރުމުގައި މަގާމުގެ ނުފޫޒު ބޭނުން ކޮށްފައިވާކަމަށް ސަރުކާރުން ހުށައެޅި މައްސަލައެކެވެ. ނަޖީބުގެ ގާނޫނީ ވަކީލު ޝާފީ އަބްދުއްލާމަޢުލޫމާތު ދިން ގޮތުގައި އެ މައްސަލާގައި އެއްވެސް މިންވަރަކަށް ނަޖީބު ބައިވެރި ވެފައި ނުވާކަމަށް ކޯޓުން ވަނީ ނިންމާފައެވެ. އަދި އެއީ މުޅިންވެސް ސިޔާސީ ގޮތުން ހުށައަޅާފައިވާ ދައުވާތަކެކެވެ. އަދި މެލޭޝިޔާގެ ސުޕްރީމްކޯޓުން ނަޖީބަށް އިންސާފު ލިބޭނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އެހެންނަމަވެސް ބަންޑާރަ ނައިބުގެ އޮފީހުން މިހާތަނަށް އެއްވެސް އެއްޗެކޭ ވިދާޅެއް ނުވެއެވެ.

މެލޭޝިޔާގެ 1 އެމް ޑީ ބީ ގެ އިތުރު ތިންމައްސަލެއް ނަޖީބާ ދެކޮޅަށް މިހާރުވެސް ކޯޓުގައި ހިނގަމުން އެބަދެއެވެ.އޭގެތެރޭގައި އެ ފަންޑާ ގުޅޭ ބައެއް ފަރާތްތަކުން ނަޖީބުގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ މައްސަލަވެސް ހިމެނެއެވެ.
ނަޖީބު ވިދާޅުވަނީ އެބާވަތުގެ އެއްވެސް ކަމެއްގައި ބައިވެރިވެ ވަޑައި ނުގަންނަވާ ކަމަށެވެ. އެކަމަކު އެމެރިކާގެ ޖަސްޓިސް ޑިޕާރޓްމެންޓުން ހާމަކޮށްފައިވާ ގޮތުގައި އެ ފަންޑުގެ ތެރެއިން 4.5 ބިލިއަން ޑޮލަރު އެ ފަންޑާ ޙަވާލުވެގެންތިބި އިސްފަރާތްތަކުން ވަނީ ބޭނުންކޮށްފައެވެ.
![]()

One Response
މިހާ ބޮޑެތި ވައްކަން ކޮށްފިނަމަ ސަލާމަތް ވުން އަވަސްވާނެއެވެ. ރާއްޖޭގައި ބޮޑެތިވަގުން ގޭގައި ކުދިވަގުން ޖަލުގައި. އަދި ނަޖީބު މުޅިން ސަލާމަތްވާނެ ކަމަށް ބެލެވެއެވެ. ވަގަށް ނަގައިފާވާ ފައިސާ ވަގުފިލުވަން ޚަރަދުކުރީމާ ސަލާމަތްވާ ޒަމާން މިއޮތީ އައިސްފައެވެ. ނިކަމެތިން ހަމަ ނިކަމެތިކޮށްދާނި ދުނިޔެނިމެންދެން!