ރަޝިޔާއާއި އީރާނުގެ ގުޅުން ދުނިޔެ ނުރައްކަލާ ދިމާލަށް – ސީ.އައި.އޭ

Loading

March 3, 2023
profile
Facebook
Twitter
WhatsApp

ޚަބަރުތައް ބުނާ ގޮތުގައި ރަޝިޔާއާއި އީރާނުގެ ގުޅުން ހުރީ ވަރަށް ދުނިޔެއަށް ނުރައްކާތެރި ދިމާލަކަށް ކަމުގައި ސީ. އައި. އޭ ގެ ޑިރެކްޓަރ ވިލިއަމް ބާރންސް ވިދާޅުވެއްޖެއެވެ. އަދި އީރާނުގެ މިސައިލް ޕްރޮގްރާމަށް ރަޝިޔާއިން އެހީތެރިވެދޭކަމަށާއި ޔޫކްރެއިންގެ ޢާންމުން ދިރިއުޅޭ ތަންތަނަށް އީރާނުން ދީފައިވާ ޑްރޯން ބޭނުންކޮށްގެން ރަޝިޔާއިން ޙަމަލާ ދެމުންގެންދާ ކަމަށެވެ.

އޭނާގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވެފައިވަނީ ރަޝިޔާއާއި އީރާނުގެ ގުޅުން އިހުނަށްވުރެން މާބޮޑަށް މިހާރު އޮތީ ބަދަހިވެފާ ކަމުގައެވެ. އަދި އީރާނުގެ މިސައިލް ޕްރޮގްރާމަށް ރަޝިޔާއިން އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާކަމަށް ހުށައަޅާފައިވާތީ އޭގެ އިތުރުން އީރާނަށް ފައިޓަރ އެއަރކްރާފްޓް ފޯރުކޮށްދިނުމަކީވެސް އެކަށީގެންވާ ކަމެއްކަމަށެވެ.                             

2019 ވަނަ އަހަރުއްސުރެން އެމެރިކާއިން މިގެންދަނީ އީރާނުން މިސައިލް އުފެއްދުން ހުއްޓުވުމަށްޓަކައި ކުރެވެން ހުރި ހުރިހާކަމެއް ކުރަމުންކަމުގައި އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ނަތީޖާއަކީ މިއަދު އީރާނަކީ މެދުއިރުމަތީގައި އެންމެ ގިނައިން މިސައިލް ހުރި ގައުމަށް ވެގެންދިއުމެވެ. 

އެނެމެފަހުން މިހާރު އެވަނީ ދުރުރާސްތާއަށް ދަތުރުކުރާ މިސައިލްވެސް އުފައްދާފައެވެ. މިއިން ހާމަވެގެންދަނީ ރަޝިޔާއާއި އީރާނުގެ ގުޅުން ވަރުގަދަ ވަމުންދާ މިންވަރާއި އަމާޒު ހިފާފައި ހުރި ނުރައްކާތެރި މިސްރާބު ކަމަށްވެސް ވިލިއަމް ބާރންސް ވިދާޅުވިއެވެ.

އީރާނުން އެތައްބައިވަރު ޑްރޯނެއް މިހާތަނަށް ރަޝިޔާއަށް ފޯރުކޮށްދީފައިވާ ކަމާއި އޭގެ ބޭނުންކޮށްގެން އެތައް އެތައް ގެއްލުމެއް ޔޫކްރެއިން މަދަނީ ތަންތަނަށް ދެމުން ގެންދާކަން އަހަރެމެންނަށް އެނގެއެވެ. އަދި ޔޫކްރެއިންގެ ޕަވަރޕްލާންޓްތައް ގޮއްވާލުމުގައި ރަޝިޔާއިން ބޭނުންކުރަމުން ދަނީ އީރާނުގެ ކަމިކާޒޭގެ ނަންދީފައިވާ ޑްރޯން ކަމަށާއި އެއަށް ކަމިކާޒޭ ކިޔަނީ އޭގެ އަމާޒަށް ވާސިލުވުމާއިއެކު އަމިއްލައަށް އޭތި ގޮވައި ބޮޑެތި ގެއްލުންތަކެއް ދޭނެތީ ކަންވެސް އަހަރެމެންނަށް އެނގެއެވެ.                                                                

ޔޫކްރެއިންގެ ހަނގުރާމަ ފެށުމުގެ ސަބަބުން ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައިވާތީ ރަޝިޔާއިން އީރާނާއި އުތުރު ކޮރެޔާއަށް ވަނީ މިސްރާބު ޖަހާފައެވެ. އަދި މިހާރު ޗައިނާއިންވެސް ރަޝިޔާއަށް ހަތިޔާރު ފޯރުކޮށްދެމުން ގެންދާ ކަމުގެ ހެކިތައް ނޭޓޯއަށާއި އެމެރިކާއަށް ވަނީ ލިބިފައެވެ.                 

އީރާނުން ޔުރޭނިއަމް ފައްކާކުރުމާއ ބެހޭގޮތުން ސުވާލުކުރުމުން ބާރންސް ވިދާޅުވީ އީރާނުގެ ޕްރޮގްރާމް ވަރަށް ބޮޑަށް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށްޓަކައި ޔުރޭނިއަމް ފައްކާކުރަންޖެހޭ %90 އަށް މަދު ދުވަސްކޮޅެއްގެ ތެރޭގައި އީރާނުން ޔުރޭނިއަމް ފައްކާކުރެވި ދާނެކަމަށެވެ. އެހެންނަމަވެސް އީރާނުން ނިއުކްލިއަރ ހަތިޔާރު އުފައްދާނެކަމަށް އެމެރިކާއަށް ގަބޫލެއް ނުކުރެވެއެވެ. އެހެންނަމަވެސް އެމީހުން ބޭނުންވެއްޖެ ކޮންމެ ހިދެއްގައި އެކަން ކުރެވޭވަރަށް ޔުރޭނިއަމް ފައްކާ ނުކުރާނެއެކޭ ނުބުނެވޭނެއެވެ.                

Loading

One Response

  1. އެމެރިކާގެ ސީއައިއޭ ތީ ޖަރީމާތަކުގެ އައްޕަ. އެހެނަސް އެހެންމީހުންގެ ބޮލުގައި ބޮޑެތި ޢިލްޒާމް އަޅުވައިގެން ގައުމުތައް ފަނާކުރުމުގެ ވެސް އެންމެ ޙިލަތްތެރި މީހުނެވެ. ވީމާ ވަގަށް ހީވާނެ އެހެން އެންމެންވެސް އެއީ ވަގުންނޭ!

Leave a Reply to މުޙައްމަދު އިބްރާހިމް Cancel reply

ފަހުގެ އަޕްޑޭޓް