އަންހެނުން ތައުލީމް އުގެނުމާއި ވަޒީފާ އަދާކުރުން ނުހުއްޓުވަން ގޮވާލުން

Loading

March 3, 2023
profile
Facebook
Twitter
WhatsApp

އީރާނުގެ ރައީސް އިބްރާހިމް ރައީސީއާއި ޗައިނާގެ ރައީސް ޝީ ޖިންފިން ބެއިޖިންގ ގައި ބައްދަލު ކުރައްވައި ދެގައުމުގެ މެދުގައި މިހާރު ގާއިމް ކުރެވިފައިވާ އިގްތިސާދާއި ސިޔާސީ ގުޅުންމަތީ ދެމިތިބޭނެކަން ކަށަވަވަރު ކޮށްދެއްވައިމިދިޔަ ބުރާސްފަތި ދުވަހު ގުޅިފައިވާ ބަޔާނެއް ނެރުއްވައިފިއެވެ. 

އޭގެ އިތުރަށް އަފްގާނިސްތާނުގައި އަންހެނުން ތަޢުލީމް އުގެނުމާއި ވަޒީފާއަދާކުރުން މަނާ ނުކުރުމަށްވެސް ދެގައުމު ގުޅިގެން ނެރުނު ބަޔާނުގައި އަފްގާނިސްތާނަށް ގޮވާލާފައިވެއެވެ.                                                  

2021 ވަނައަހަރު ތާލިބާނުންގެ ވެރިކަން ފެށުމާއެކު އަންހެނުން ޔުނިވަރސިޓީގައި ތަޢުލީމް ޙާސިލުކުރުމާއި އަންހެންކުދިން ގްރޭޑް 6 އަށްވުރެން މަތީ ކްލާސްތަކުގައި ކިޔެވުން ވަނީ މަނާކޮށްފައެވެ. ހަމައެފަދައިން އިންތިޚާބީ އެއްވެސް މަގާމެއްގައި އަންހެނަކު ހުރުންވެސް ވަނީ މަނާކޮށްފައެވެ.                             

ދެލީޑަރުންގެ ގުޅިފައިވާ ބަޔާނުގައި އަފްގާނިސްތާނުގެ ވެރިންނަށް ގޮވާލައްވާފައިވަނީ އަންހެނުން އެކަހެރި ނުކުރުމަށާއި ތަފާތު ނަސްލުތަކާއި ދީންތަކަށް ނިސްބަތްކުރެވޭ ބައިމަދު ރައްޔިތުންވެސް އެކުލެވިގެންދާ ގޮތުގައި ސަރުކާރެއް ގާއިމްކުރުމަށާއި އެއްވެސް ރައްޔިތަކު ތަފާތު ނުކުރުމަށެވެ.އަފްގާނިސްތާނަށް މިއަދު މެދުވެރިވަފައިވާ ނިކަމެތިކަމުގެ އަސްލަކީ ނޭޓޯއާއިއެމެރިކާކަމުގައި ދެބޭފުޅުންވެސް އެއްބަސްވެ ވަޑައިގަންނަވާ ކަމަށްވެސް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.                                                    

ބައިނަލް އަގްވާމީ މީޑިއާތަކުން ބުނާގޮތުގައި އަންހެނުން ވަޒީފާއަދާކުރުމާއި ޔުނިވަރސިޓީތަކުން ތަޢުލީމް އުގެނުމާއި އަންހެންކުދިން ގްރޭޑް 6 އަށްވުރެން މައްޗަށް ކިޔެވުން މަނާ ކުރުން 2022 ވަނައަހަރުގެ ފަހުކޮޅުގައި ތާލިބާނުން ޢިއުލާން ކުރުމާއި ގުޅިގެން ބައިނަލް އަގްވާމީގޮތުން އެހީފޯރުކޮށްދޭ ވަރަށްގިނަ ޖަމާއަތްތަކުން ވަނީ އެހީ ފޯރުކޮށްދިނުން ހުއްޓާލާފައެވެ. 

މިކަމުގެ ސަބަބުން އެންމެ ބޮޑު ނިކަމެތިކަމަކާ ކުރިމަތިލާން ޖެހިފައިވަނީވެސް އަންހެނުންނާއި ކުޑަކުދިންނެވެ. އަންދާޒާ ކުރެވޭގޮތުގައި ގާތްގަނޑަކަށް 12 މިލިއަން އަންހެނުންނާއި ކުޑަކުދިންނަށް ތާލިބާނުންގެ މި ނިންމުމުގެ ގެއްލުމާ ކުރިމަތިލާން ޖެހޭނެއެވެ.

ތާލިބާނުންގެ މިނިންމުން އައުމާހަމަޔަށް 2022 ވަނައަހަރު ބައިނަލް އަގްވާމީ އެހީ ފޯރުކޮށްދޭ ޖަމާޢަތްތަކުން އަފްގާނިސްތާނަށް 3 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީ ފޯރުކޮށްދީފައިވެއެވެ. 

އެހެންނަމަވެސް ތާލިބާނުންގެ ނިންމުން ބަދަލު ނުކޮށްފިނަމަ އިތުރު އެހީ ފޯރުކޮށް ދިނުމާއިމެދު ދެވަނަ އަދި ތިންވަނަ ވިސްނުމަކަށްވެސް ދާންޖެހިދާނެކަމަށް އެ ޖަމާޢަތްތަކުން ވަނީ އިންޒާރުދީފައެވެ. 

ތާލިބާނުންގެ ނިންމުމުގެ ސަބަބުން އެތައްހާސް އަންހެނުންގެ ވަޒީފާ ގެއްލުމުގެ ބިރު އޮތީ ކުރިމަތިވެފައެވެ.  އަފްގާނިސްތާނުގައި ހަރަކާތްތެރިވާ އެން. ޖީ. އޯ. ތަކުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން %30 އަކީ އަންހެނުންނެވެ.       

ތާލިބާނުންގެ ނިންމުމުގައި އަންހެންނާއި އަންހެންކުދިން ޕާރކްތަކަށާއި ޖިމް ފަދަ ތަންތަނަށް ދިއުންވެސްވަނީ މަނާކޮށްފައެވެ. އެ ނިންމުމާއި ޚިލާފްވާ ފަރާތްތަކަށް ކަމުގެ ކުޑަ ބޮޑު މިނަށް ބަލައި އާންމު ތަންތަނުގައި ދުއްރައިން ތައުޒީރު ކުރުމާއި އަދި މެރުންފަދަ އަދަބުތައްވެސް ވަނީ އިޢުލާން ކޮށްފައިކަމަށް ރޮއިޓާރސް އިން ޚަބަރު ދީފައި ވެއެވެ.                

Loading

One Response

  1. މިއީ އިސްލާމްދީނުގައި މިކަންތައް އޮންނަ މިންވަރުތޯ މިހާރު ސުވާލު އުފެދިއްޖެއެވެ. އެއްބަޔަކު ހަމަހަމަ ކަމުގެ އިންތިހާއަށް ދާއިރު އަނެއްބަޔަކު މިދަނީ ނަހަމަކަމުގެ އިންތިހާއަށެވެ.

Leave a Reply to ކިއުންތެރިއެއް Cancel reply

ފަހުގެ އަޕްޑޭޓް