ކޮރޯނާ ވައިރަހުގެ ސަބަބުން އަހަރެމެންނާ ބޭރުގެ ޤައުމުތަކާ ދެމެދު އޮންނަ ގުޅުމަށް ބަދަލު އަތުވެއްޖެ ބާ؟

Loading

Facebook
Twitter
WhatsApp
Maldives Coronavirus news

ދުނިޔެ ކޮރޯނާ ވައިރަހުގެ ކިބައިން ސަލާމަތްވެ، ރަނގަޅު ވަމުންދާ މިދަނޑިވަޅުގައި ރާއްޖޭގެ ސަރުކާރާއި، މަޖިލީހުން ވަރަށް ގިނަ ކަންތައް ތަކަކާ މެދު ފުން ކޮށް ވިސްނާލަން އެބަ ޖެހެއެވެ.

ކޮންމެ ސަރުކާރެއް ވެރިކަމުގައި އޮތްކަމުގައި ވިޔަސް، ކުރީއްސުރެ އޮންނަ ބޮޑެތި، ބާރުގަދަ ދެ ތިން ޤައުމުތަކަށް އިތުބާރު ކޮށް، ބަރޯސާވުމުގެ ސަޤާފަތް ނިމުމަކަށް ގެންނަން އެބަ ޖެހެއެވެ.

ރާއްޖޭގެ ސިޔާސީ ޕާޓީ ތަކަށް ފަންޑު ފޯރު ކޮށްދޭ ބާރުގަދަ ޤައުމުތަކަށް ”ޔެސް ސަރ“ ބުނުމުގެ ސިސްޓެމް މިއަދު މިވަނީ ރާއްޖޭގެ އިޤްތިޞާދާ އެކު ފުޑު ފުޑު ވެފައެވެ.

ރާއްޖެ އަށް ބޭރުގެ އެހީތެރިކަން ބޭނުންވި އިރު، ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ އިސްވެރިން އެއްވެސް ސަބަބަކާ ނުލައި އިތުބާރުކުރި ޤައުމުތަކުން ވެސް ދިޔައީ ކޮވިޑް-19 ގެ ލޮކްޑައުންގެ ސަބަބުން އިޤްތިޞާދީ ގޮތުން ދަތިތަކަކާ ކުރިމަތިލަމުންނެވެ.

ދިވެހި ރާއްޖޭގެ ސަރުކާރަށް ކުދި ކުދި އެހީތައް ފޯރުކޮށްދީފައިވާ އެހެނިހެން ބޮޑެތި ޤައުމުތަކުން، ބޭރުގެ ޤައުމު ތަކާ ގުޅުން ބޭއްވުމުގައި ހަމަހަމަ ކަން ބޭއްވި ޤައުމުތަކަށް ބޮޑަށް އިސްކަންދީފައި ވެއެވެ.

ދިވެހި ރާއްޖެ އަކީ، މިހާރު ބަލިކަށި ވެފައިވާ ފަތުރުވެރިކަމުގެ ސިނާއަތަށް ބަރޯސާވެފައިވާ ޤައުމަކަށް ވީހިނދު، މިހުރިހާ ސަބަބުތަކަށްޓަކައި ދިވެހި ރާއްޖެއިން ހަމަ އެކަނި ބޭރުގެ ބޮޑެތި ދެތިން ޤައުމަކާ ގުޅުން ބޭއްވުމުގެ ބަދަލުގައި ހުރިހާ ޤައުމުތަކާ ވެސް ހަމަހަމަ ގުޅުމެއް ބޭއްވުމުގެ މުހިންމުކަން އެނގިގެންދެއެވެ.

ޔޫރަޕާއި އިސްލާމީ އެހެން ޤައުމުތަކަށް، ތުރުކީ ވިލާތާއި ޗައިނާގެ ފަރާތުން ސިއްޙީ ގޮތުންނާއި މާލީ ގޮތުން ބޮޑެތި އެހީތައް ވަނީ ވެފަ އެވެ. މި ދެ ޤައުމަކީ ކޮވިޑް-19 ގެ ތެރެއިން ބޭރު ޤައުމުތަކަށް އެންމެ ގިނަ އެހީ ފޯރު ކޮށް ދިން ފަރާތްތަކުގެ ތެރޭގައި ހިމެނޭ ދެ ޤައުމެކެވެ.

ހުރިހާ ޤައުމުތަކާ ވެސް ހަމަހަމަ ގުޅުމެއް ބޭއްވުމުގެ ސިޔާސަތު ބާއްވައިފިއްޔާ، އަހަރެމެންގެ ޤައުމަށް އެހެން ޤައުމު ތަކުން ބޭނުންވާ އެހީ، ބޭނުންވާ ވަގުތުގައި ލިބިގެންދާނެ އެވެ.

އެންމެ ފުރަތަމަ ކަމަކަށް، ކުރީގެ ސަރުކާރު ތަަކުގައި ގުޅުން ކަނޑާފައި ވާ ޤަތަރު ފަދަ ހުރިހާ ޤައުމު ތަކާ އަލުން ގުޅުން ބަދަހި ކުރަން އެބަ ޖެހެއެވެ.

ދެވަނަ ކަމަކަށް، ހުރިހާ ރައްޔިތުންގެ ތާއީދާ އެކު ސަރުކާރުން ބޭރުގެ ހުރިހާ ޤައުމުތަކާ ހަމަހަމަ ގުޅުމެއް ޤާއިމުކުރުމަށް މަޖުބޫރު ކުރުވުމަށްޓަކައި މަޖިލީހުގައި ބަހުސް ކުރަން އެބަ ޖެހެއެވެ.

މި ފިޔަވަޅުތައް ނާޅައިފި ނަމަ، ދެން ކުރިމަތިލާން ޖެހޭ ކާރިސާ އަކާ އެކު ދިވެހި ރާއްޖޭގެ އިޤްތިޞާދަށް ލިބިފައިވާ ގެއްލުން އަލުން އިއާދަ ކުރެވޭނެ ކަމުގެ އުއްމީދުވެސް ނެތިގެން ގޮސްދާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް