އެމެރިކާ އޮތީ އަހަރެމެންނަށް ގޮތް ކިޔާދެވޭ މަގާމެއްގައެއްނޫން -ޗައިނާ

Loading

February 22, 2023
profile
Facebook
Twitter
WhatsApp

ޗައިނާއިން ރޮއިޓާސް ޚަބަރުދޭގޮތުގައި ޗައިނާއިން ރަޝިޔާއަށް ހަތިޔާރުގެ އެހީ ފޯރުކޮށްދޭކަމަށް ބުނެ އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކަން ދިން އިންޒާރަށް ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވޭންގް ވެންބިން އެމެރިކާއަށް ޖަވާބު ދީފިއެވެ. 

އޭނާ ވިދާޅުވީ އެމެރިކާ މިހާރު ތިޔައޮތީ ޗައިނާއިން ކަންތައްކުރަންވީގޮތް ބުނެދެވޭފަދަ މަގާމެއްގައި ނޫންކަމަށެވެ. ވޭންގް ވެންބިން މިހެން ވިދާޅުވިއިރު މިއުނިކްގައި އޮތް ސެކިއުޓީ ކޮންފަރެންސްގެ ހާވާސާގައި ބްލިންކަން އާއި ބައްދަލު ކުރެއްވުމަށްފަހު ޗައިނާގެ އެންމެ އިސް ޑިޕޮލޮމެޓް (ޚަރިޖީ ވަޒީރު)  މޮސްކޯއަށް ދަތުރުފުޅު ކުރައްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

ޗައިނާއާއި ރަޝިޔާއާއި ދެމެދުގައި އޮންނަ އެކުވެރިކަމުގެ ގުޅުމަކީ މި ދެ ގައުމަށް ޚާއްސަ ކުރެވިފައިވާ ގުޅުމެއް ކަމަށާއި އެ ގުޅުމުގެ ތެރެއަށް އެހެން އެއްވެސް ގައުމަކުންވަދެ ބަސްބުނުމުގެ ފުރުސަތު ނޯންނާނެ ކަމަށްވެސް އޭނާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އޭނާ އިޝާރާތް ކުރައްވަނީ މިދިޔަ އަހަރު ޔޫކްރެއިން ހަނގުރާމަ ފެށުމުގެ ކުޑަދުވަސްކޮޅެއް ކުރިން ރަޝިޔާއާއި ޗައިނާއިން ސޮއިކުރި “ މި ގުޅުމުގެ އެއްވެސް ހައްދެއް ނޯންނާނެ “  އެއްބަސްވުމަށް ކަމުގައި ބެލެވެއެވެ.                          

ޔޫކްރެއިންގެ ހަނގުރާމައިގާ ހިމެނޭ ފަރާތްތަކުގެ ގައުމިއްޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ރަނގަޅު ތަޖްވީޒެއް މިހާރު އެކުލަވާލެވިފައި ވާނެކަމަށް ޗައިނާގެ ޚާރިޖީވަޒީރު ވޭންގް ޔީ ވިދާޅުވިތާ ކުޑައިރުކޮޅެއް ފަހުން ޗައިނާއިން ރަޝިޔާއަށް ހަތިޔާރުގެ އެހީ ފޯރުކޮށްދޭކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކަން ވިދާޅުވެ އިންޒާރު ދެއަވައިފި ކަމަށް ބުލޫމްބާރގް ޓެލިވިޒަނުން ޖޯން ލިއު ރިޕޯރޓްކޮށްފިއެވެ. ހަމައެއާއެކު ރަޝިޔާއާއި ޗައިނާގެ ގުޅުމުގެތެރެއަށް ވަންނަން މަސައްކަތް ނުކުރުމަށް ޗައިނާއިންވެސްވަނީ އެމެރިކާއަށް ރައްދު އިންޒާރެއް ދީފައެވެ.

ރަޝިޔާއާއި ޗައިނާގެ ގުޅުމަށް އެމެރިކާއިން ގޮތްކިޔައިދީ އިނގިލި ދިއްކުރުމުގެ ފުރުސަތު އަހަރެމެން ދުވަހަކުވެސް ނުދޭނަމެވެ. ބެއިޖިންގައި އޮތް ނޫސްވެރިންނަށް މައުލޫމާތު ދިނުމުގައި ވޭންގް ވެންބިން ވިދާޅުވިއެވެ.        

އެމެރިކާގެ މަތިންލާފާ ދަނިކޮށް ޗައިނާގެ ޖާސޫސީ ފުއްޕާހަން އެމެރިކާއިން ފަޅާލިފަހުން އެމެރިކާއާއި ޗައިނާގެ ގުޅުން މިހާރު މިއޮތީ އިހުނަށްވުރެންވެސް ބޮޑަށް ހީނަރުވެފައެވެ. ޗައިނާއިން ބުނަނީ އެ ފުއްޕާހަމަކީ ތަޙްލީލުކުރުމުގެ ދަތުރެއްގައި އުޅުނު އެއްޗެއްކަމަށާއި ކަންދިމާވިގޮތަކުން އެމެރިކާގެ ސަރަޙައްދަށް ދެވުނީ ކަމަށެވެ.މިހާދިސާއާއި ގުޅިގެން ބްލިންކަން ޗައިނާއަށް ކުރައްވަން ހަމަޖެހިފައިވި ދަތުރުފުޅުވެސް ވަނީ ފަސްކުރައްވާފައެވެ.

ޗައިނާގެ ޚާރިޖީ ވަޒީރު ތުޙުމަތު ކުރައްވާގޮތުގައި އެމެރިކާއިން ގެންދަނީ ބޯބުރާންތިވެގެން އުޅޭކަހަލަ ގޮތަކަށް ބައިނަލް އަގްވާމީ އިންތަކާއި މިންތަކަށް ފަހަނައަޅާ ގޮއްސިކަހަލަ ގޮތަކަށެވެ. އަދި ޔޫރަޕްގެ ގައުމުތަކުންވެސް ހަމަޖެހިލައިގެންތިބެ ހަނގުރާމަ އަށް ނިމުމެއް ގެނެވޭނެ ގޮތްތައް ދެނެގަނެ އެކަންތައް ރަންފީޒު ކުރެވޭނެގޮތްތަކެއް އެކަށައެޅުމަށް ލަފާދެއްވިއެވެ. އަދި ވަކި ގައުމެއްގެ ނަން ވިދާޅު ނުވެ އެމީހުން ބޭނުންވަނީ މި ހަނގުރާމަ ދިގުލަގެން ދިއުން ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.                                                      

Loading

One Response

  1. މިހާރުވެސް ބައެއް މީހުން ހީކުރަނީ އަޑުގަދަމީހާގެ ރުށް ގިނަވާނެ ކަމަށް. އެކަމަކު މީހާ ދަރަނިވެރިވެ އަބުރު ގެއްލުނީމާ ދެން ކިތަންމެ ހަޅޭކެއް ލެވިޔަސް މާބޮޑު ސަމާލު ކަމެއް ނުލިބޭނެ. އެމެރިކާ އެ އުޅެނީ 30 ޓްރިލިއަން ޑޮލަރުގެ ދަރަނި ދެއްކޭނެ ގޮތެއް ނެތިގެން. ޗައިނާއިން އެ ދުވަނީ އެހީ ބޭނުންހޭ ގޮވަމުން…. ހަގީގަތުގައިވެސް އެމެރިކާ އެ އުޅެނީ ބޯބުރާންތީން އުޅޭގޮތަށް.

Leave a Reply to އަލީ Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް