ނިމިދިޔަ ވެރިކަމުގެ ތެރޭގައި ހިނގާފައިވާ ގޮތްނޭނގޭ މަރުތަކާއި ގެއްލުވާލެވިފައިވާ މީހުންގެ މައްސަލަތައް ބަލާ ޢަދުލުއިންޞާފު ގާއިމްކޮށް ރައްޔިތުންނަށް ހަމަ ހަމަ ކަމާއެކު އިންޞާފު ހޯދައިދޭނޭ ކަމަށް ބުނެ ވީ ވަޢުދު ނުފުއްދަވާ ބަޔަކަށް ނުވަތަ ބޭފުޅަ ދެވަނަ ދައުރެއް ނުދެވޭނޭ ކަމަށް ގިނަ ރައްޔިތުން އެދަނީ ބުނަމުންނެވެ.
ގައުމުގެ ކަރާމަތާ އިސްތިގްލާލު ރައްކާތެރިކޮށް ގައުމުގެ ހަމަޖެހުން ގާއިމްކުރުމާއިއެކު ރައްޔިތުންގެ ޖީބަށް ލުއިވާނެ ވަސީލަތްތައް ގާއިމްކޮށް ކޮށް ނުދެވޭ ފަރާތަކާއި ގައުމު ހުންގާނު އަމުދުން ދެވަނަ ދައުރަކަށް ޙަވާލު ނުކުރެވޭނޭ ކަމަށް ރައްޔިތުން އެދަނީ ބުނަމުންނެވެ.
ކޮންމެ 5 އަހަރަކުން އެއްފަހަރު ގައުމުގެ ހުންގާނު ޙަވާލު ކުރާ ފަރާތްތަކުން ރައްޔިތުންގެ މުދަލާއި ފައިސާ އިން ވައްކަން ކޮށް އެފައިސާތަކަށް އެދަނީ ޚިޔާނާތް ތެރި ވަމުންނެވެ. ރައްޔިތުން ވޯޓުދީގެން ރައްޔިތުންގެ މުދަލާއިފައިސާއަށް ޚިޔާނާތް ތެރިވާ ފަރާތަކަށް ވެރިކަމުގެ ދެވަނަ ދައުރެއް ރައްޔިތުން ދޭނީ ކިހިނެއް ހެއްޔެވެ. މިފަހަކަށް އައިސް ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކުވެސް ގެންދަވަނީ ރައްޔިތުންގެ މުދަލާއި ފައިސާ އަށް ޚިނާތްތެރިވަމުންނެވެ.
މިފަދަ ތުޙުމަތުގެ އިނގިލި އަމާޒު ވަމުންދާ ފަރާތްތަކުގެ މައްޗަށް ގާނޫނީ ޙުކޫމަތު ހިންގުން ޕެރަލައިޒް ކޮށްލައި ރައްޔިތުންނަށް އިންޞާފުނުލިބި އެދަނީ އެފަދަ ބޭފުޅުން ގައުމުގެ އެންމެހައި ބާރުތައް މުށުތެރެއަށް ޖަމާކުރައްވާ ދައުލަތުގެ ފައިސާއާއި މުދަލުގައި ދަތް އަޅައިގެން ތިއްބަވާތީއެވެ.
ރައްޔިތުން އެބޭފުކާއި ވެރިކަން ޙަވާލު ކުރަނީ ﷲ ގަންދީ ރައްޔިތުންގެ ކުރިމަތީގައި ހުވައެއްވެސް ކުރުވައިގެން ކަމަށްވާއިރު ލަދުވެރިވާންވެސް ނޭގޭކަމީ ޙައިރާންވާވަރުގެ ދެރަވަރު ކަމެކެވެ.
އެހެނަސް ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ވެރިކަމާއި ޙަވާލު ވުމަށްފަހު ރައްޔިތުންގެ ކުރިމަތީގައި ﷲ ގަންދީ އެކުރި ހުވަޔާއި ޚިލާފުވެ ރައްޔިތުން މުދަލާ ފައިސާ ރައްޔިތުންގެ ގާތު އެހުމެއް ކެހުމެއްނެތި ގެންދަނީ އިސްރާފު ކުރަމުންނެވެ. ރާއްޖޭ ވެރިކަމަށް ރައްޔިތުން ގެންނަ ކޮންމެ ރައީސަކުމެ އެދަނީ ރައްޔިތުންގެ ފައިސާއަށް ފެންފޮދަކާވެސް ނުލާ ދިރުވާލަމުންނެވެ. އަދި މިފަހަރު ކަރަޕްޝަންއަށް ޒީރޯޓޮލެރެންސްއޭ ގޮވައި އަދި ނުވިތާކަށް ދިނީ ކާޑްވެސް ކުޅެގެން ގެނުވި ވެރިކަމުގެ ޙާލު މިދިޔައީ ގޯހުން ގޯހަށެވެ.
ގެއްލުވާލި މީހުންގެ ހެއްކާއި ގަރީނާ މިހިރީއޭބުން މޭޑޭ ޖައްސުވައި އަދި އެކިޔާ އެމްއެމްޕީއަރސީ ގެ ބޮޑު ޚިޔާނާތުގެ ވައްކަން ބަލައި އެފައިސާ ރައްޔަތުންނަށް ހޯދައިދޭނެކަމުގެ ހުވާކޮށް ވެރިކަން ލިބުމުން ކުލޭ އާމްސޭ އެކުރީ އަދިވެސް ކުރަނީ ހަމަ ވައްކަމެވެ. ވެންޓިލޭޓަރުވަގުވެސް ހިފޭގޮތެއް ނުވިއެވެ.
އެންމެފަހުން ގެއްލުވާލައިފައިވާ މީހުންގެ މައްސަލަވެސް ނުބަލަން އެކަންތައްތައް ކުރުމަށް ރައްޔަތުން ހޮވައިދިން މޮޖޯރެޓީ މަޖިލީހުންވެސް އެނިންމީއެވެ. ރައްޔަތުންނަށް ގޮންޖަހައި ލަދެއްވެސް ނެތި އެމައްސަލަ ބެލުމަށް ވޯޓުހަމަނުވެ ބޭރުކޮށްލީއެވެ. ބުނާނެ އެއްޗެއްނޭގި ތަލިން ހުޅުހިކިއްޖެއެވެ.
މީގެ ކުރިން ވެރިކަން ކުރެއްވި ރައީސަށް ދެވަނަ ދައުރެއް ރައްޔަތުން ނުދިނީ ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރި ވެފައިވާތީކަމަށް އެމްޑީޕީ އިން ބުނާތީ އެކަން ގަބޫލުކޮށްގެނެވެ. އެރައީސައްވުރެ މިރައީސް މާވަގުކަމަށް ބުނާމީހުން ބޯކޮށް ގިނަވެއްޖެއެވެ. ބުނެވެނީވެސް އެހެންތާއެވެ!
ރައްޔިތުންގެ ނޭވާލުމުގެ ނިޒާމުގެ ތެރެއިންވެސް އެ ވަނީ ވައްކަން ކޮށްފައެވެ. ޒީރޯ ޓްލެރެންސް ދަށުން މިފަދަ ވައްކަން ރައްޔަތުންގެ ޚަޒާނާއިން ކުރަން ހެޔޮނުވާނެއެވެ.
ހިތާމަޔާއި އެކު ނޯޓްކޮށްލަން ޖެހެނީ ނިމިދިޔަ ވެރިކަމުގެ ތެރޭގައި ހިންގާފައިވާ ގިނަ ވައްކަމާއި ޖަރީމާތަކުގައި ބައިވެރިވާ ގިނަބޭފުޅުން (ވަގުން)މިހާރު ތިބީ މިހިނގާ ވެރިކަން ކުރާކޯލިޝަންގެ ތެރެއިން ރައްއްކާތެރި ކަން ހޯއްދައިދީފައެވެ.
ރައީސް ޔާމީނުގެ ޝަރިޢަތުގައި ދައުލަތުގެ ވަކީލާ ވިދާޅުވިހެން ދައުލަތުގެ އެންމެ ލާރިޔެއްގައި ޖެހުމަކީވެސް ޚިޔާނާތެވެ. ހަމަ އެހެންތޯއެވެ؟ ރައްޔިތުންގެ އެންމެ ލޯލާރިއެއްވެސް ޚަރަދު ކުރެވޭނީ ރައްޔިތުންގެ ހުއްދަ ލިބިގެން ކަމަށްވާއިރު ރައްޔިތުންނަށް ސިއްރުން އެވަނީ އެތަށް ބިލިއަނުން ޚަރަދުކޮށް ރައްޔިތުން ބޯކޮށް ދަރުވާލާފައި ނޫންތޯއެވެ؟ އެ ދައުލަތުގެ ވަކީލު ކަމަނާ ހަމަބުއްދި ސަލާމަތުން ދެލޯފުޅަށް ފެންނަ ޙާލުގައި ދުނިޔޭގައި އެބަހުރިބާވައެވެ.
ދައުލަތުގެ ކަމާއިބެހޭ ހުރިހާމުވައްސަސާ ތައް އެވަނީ ރިޝްވަތުން ކަނުކޮށްފައެވެ. އެހެންކަމާއިއެކު ރާއްޖޭގެ ވެރިކަމަށް ދެން ގެންނަން ޖެހޭނީ ވައްކަން ނުކުރާނެ ސިޔާސީ ލީޑަރެއް ކަމަށް ދެކެމެވެ. ބުނެލަން ފަސޭހަ ވަރަށް އުނދަގޫކަމެކެވެ.
އެމްޑީޕީގެ ޙަގީގީ ފިކުރު ބިނާވެފައިވަނީ ރައްޔިތު މީހާ ފުދުންތެރި ކުރުވުމުގެ މައްޗަށް ކަމުގައި ވީއިރު މި އެމްޑީޕީ ކޯލިޝަން ސަރުކާރު ނިމެން މިދަނީ ރައްޔިތުމީ ނިކަމެތިކޮށް ދަރީންގެ ދަރީންނާހަމައަށް މުޅިޖީލު ދަރުވާލާފައެވެ.
ރައީސުލް ޖުމްހޫރިއްޔާގެ މަގާމަކީ ރައްޔިތުންގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމަށް ރައްޔިތުން ޙަވާލު ކުރާ މަގާމެއް ނޫނެވެ. އެހެނަސް މިރާއްޖޭގެ ރައީސުން ދެކެނީ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމަކީ ރައްޔިތުންގެ ފައިސާ އިން ވައްކަންކޮށް މިތުރުންނާއި ޔާރުންނަށް ތަޅާބުރުވަން ރައްޔިތުން ޙަވާކުރާ މަގާމެއް ކަމަށެވެ. މި މީހުންތައް ލަދުވެތިނުވާކަމީ އެންމެ ޙައިރާންވާން ޖެހޭކަމެވެ.
މިވެރިކަން ރައީސް އިބްރާހީމް އާއި ރައްޔިތުން ޙަވާލު ކުރީ ރައީސް ނަޝީދު އަށް ރައްޔިތުން ކުރާ އިތުބާރަށްޓަކައި އެމަނިކުފާނު ރައްޔިތުންގެ ގާތަށް ވަޑައިގެން އިބޫއަށް ވޯޓު ދެއްވުމަށް އެދިވަޑައި ގަތުމުންނޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.
ކަންމިހެން ހުރިނަމަވެސް ރައީސް އިބޫ ވެރިކަމުގެ ދަހިވެތި ކަމުގައި އެމްޑީޕީގެ ގައުމީމަޖިލީހަށް އެމްޑީޕީ ފިކުރާ މުޅީން އިދިކޮޅު ބަޔަކު ހޮވައި އަދި އެވަރުން ނުފުދިގެން ރައްޔިތުންގެ މަޖިލީހުގެ އެތަކެއް މެންބަރުން ގައުމުގެ ތަނަވަސް ކަމާއި ނުބައްދަލު މިންވަރަކަށް ރިޝްވަތު ދެއްވައި މިވަނީ އެމްޑީޕީ ފަޅާލައިފައެވެ. ހަމަ ވެރިކަމުގެ ލައްޒަތަށްޓަކައެވެ.
އަނެއްކޮޅުން ގައުމުގެ ދަރަނި ބޮޑުވާހާގޮތް ގޮތަށް ދައުލަތުގެ މާލީތަނަވަސްކަމާއި ނުބައްދަލު އެތައް މަޝްރޫޢެއް ރާވައު އެބަޔަކަށް ކަޓްލިބޭ އުސޫލުން ނުބައްދަލު އަގުތަކުގައި ޓެންޑަރ އުސޫލެއް ގަވައިދެއް ލަމައެއްނެތި އިންޑިޔާގެ ކުންފުނިތަކަށްދީ ގައުމުގެ ދަރަނި އަތްފޯރާ ހިސާބަށް ދުއްވާލެވުނިއެވެ. އަދި އެހެންމެ އަދިވެސް ގިނަޢަދަދެއްގެ ސިޔާސީ މަގާމުތައް އުފައްދަވަމުން މިތުރުންނާއި ޔާރުންނަށް ބައްސަވަނީއެވެ.
ހަމަޔަގީނުންވެސް ރައްޔިތުންގެ މައްޗަށް އަގަލެއް ކުލުނެއް ހުރި ބޭފުޅަކު ނުކުރައްވާނޭ އެތައްކަމެއް ރައީސް އިބޫ އެވަނީ ކުރައްވާފައެވެ. އަދި ގެންދަވަނީވެސް އެގޮތަށް މަގުކޮށަމުންނެވެ.
އެމްޑީޕީ ވެރިކަމަށް އައުމަށްޓަކާ ރައްޔިތުންނަށް ހުށަގެޅި އެޖެންޑާ 19 އެއް އޮތްކަމެއްވެސް ދަންނަމީހަކު ނެތްކަހަލައެވެ. މެނިފެސްޓޯ ތަންފީޒު ކުރުމެއްނެތި
ބާޣީ ކޯލިޝަނުގެ ތެރެއިން އުފަންކުރި ޚިޔާލުތަކެއް ރައީސް އިބްރާހިމް ތަންފީޒު ކުރެއްވުމަކީ އެމްޑީގެ ފިކުރާ ޚިލާފަށް އެމަނިކުފާނު ކުރެއްވި ޕާޓީގެ އެތަށް މެންބަރުންގެ ނަފުރަތު ޕާޓީއަށް އަމާޒުވި ސަބަބުކަން ޔަގީނެވެ. ފެންނަގޮތުގައި މިވެރިކަން ނިމެން މިދަނީ އެމްޑީޕީގެ ވެރިކަމުގެ ސިފަތަކާއި
މުޅީން ޚިލާފު އެތައް ކަމެއް އެތަކެއް ނުކިއްސަރު ގޮތަކަށް ބަދަލުވެގެންނެވެ.
އެހެންކަމުން ޕާޓީ ބައިބައިވެ ރައްޔިތުންގެ އުންމީތައް މިވަނީ ފުނޑިގެން ގޮސްފައެވެ.
2023 ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކާ ވެފައިވާ ވަޢުދުތައް ފުއްދުމުގެ އިތުރުން ޕާޓީ އެކުވެރި ކުރުން ވަރަށް މުހިންމެވެ. ޕާޓީގެ އެންމެން އެއްގަލަށް އަރުވަން މަސައްކަތް ކުރަންވީ ވަގުތު މި އޮތީ އައިސް ކުޑަތަންވެފައެވެ.
އެމްޑީޕީ އަކީ ރާއްޖޭގައި އޮތް އެންބޮޑު ޕާޓީ ކަމަށް ވީއިރު ޕާޓީ ގަޑުބަޑު ކޮށް ރައްޔިތުންގެ ޙާލާއިމެދު ވިސްނަވާ ވެފައިވާ ރިޔާސީ ވަޢުތަކާމެދު ސަމާލުވުން ނުހަނު ބޭނުންތެރިއެވެ.
މި ގައުމަކީ ފަގީރު ގައުމުތަކުގެ ލިސްޓުން އުނިވެ މެދުފަންތީގެ ގައުމަކަށް ބަދަލުވެފައިވާ ގައުމެކެވެ. ވީމާ އެޙާލު ނިކަމެތިކަމަށް ބަދަލުކޮށްނުލާ މި މަދު މީސްކޮޅު ނިކަމެތި ޙާލުން ސަލާމަތްކުރަން ޖެހޭނެއެވެ. ބޭކާރު ޚަރަދުތައް އިތުރު ނުވާނޭ މަގެއް ހޯއްދަވާށެވެ.
ދައުލަތުގެ މާލީ ނަފާގެ ތެރެއިން ރައްޔިތުންގެ ޖީބަށް ލުއިވާނޭ މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަކީ އެމްޑީޕީގެ ސިޔާސަތެވެ. ސައްތައިން ސައްތައިސްލާމީ ގައުމެއްގެ ސިފަ މިގައުމުން ގެއްލިގެން ދިިޔަދީގެން ނުވާނެއެވެ.
މިގައުމަކީ ސުލްޙަވެރިކަމާއި އަމާނާތްތެރި ކަމުގެ މިސާލެއް ނުވާފަދަ ފިތުނައިން ސަލާމަތް ވެފައިވާ އިޖްތިމާޢީ ރައްކާތެރި ކަންކަށަރު ވެފައިވާ ގައުމަކަށް ހައްދަވާށެވެ.
One Response
ޚިޔާލު ތަފާތު ވިއަސް ނުވިއަސް މިސަރުކާރު އަލުން ރާއްޖޭގެ ވެރިކަމަށް ގެންނާން ހެޔޮނުވާނެއޭ ރާއްޖޭގައި ގަވާއިދާއި ޚިލާފަށް 80 ހާސް ބަންގާޅުން އުޅޭއިރު އެމެންނަކީ ކާކު ކަން ނޭގެއޭ ބުނެ ރޯ ބުހުތާނު ދޮގު ހަދާ ރައްޔިތުންނަށް އޮޅުވާލާ އެމެންނަށް މިގައުމުގައި ވަގު ވިޔަފާރި ކުރަން ވަނީ ދޫކޮށްފައޭ އެއެންމެންގެ ދެއަތްތިލަ އާއި މޫނު އެބަހުއްޓޭ އެމެން ރާއްޖެ އައި ދުވަހުން ފެށިގެން އިމިގްރޭޝަން ގައި ކާކަށްތަ އިނގޭނީ މިހާ ބޮޑަށް ރައްޔިތުންނަށް ހަރާމްކޯރުވާނޭ ކަމަށް މީ ސީދާ ރައްޔިތުން ގުދަށް ބާއްވާ އެމެން ގުދާރުގައި ޗާބޫކުން ތެޅުމޭ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ރައްޔިތުން ރޯނާވެ ހަފުސް ވެ އަވަދި ވެއްޖެއޭ އަވަހަށް އެޗާބޫކުނޭ ގެންދަވާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ އޯއް އޯއް އޯއް އޯއް….