ިތުރުކީއާއި ސީރިއާއަށް އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށްޓަކައި ދީނީ ޢިލްމުވެރިންނާއި, މަދަނީ ޖަމްޢިއްޔާތައް ގުޅިގެން ކުރިއަށްގެންދާ ”އެއް އުންމަތެކޭ މިއީ“ ކެމްޕޭނުގެ ދަށުން މިސްކިތްތަކުގައި ފަންޑު ފޮށިތައް ބަހައްޓައިފިއެވެ.
”އެއް އުންމަތެކޭ މިއީ“ ކެމްޕޭނުގައި އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން (އައި.އޭ.ސީ) އާއި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހިންގަވާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އައި.އޯ.ސީ) އާއި ދީނީ ޢިލްމުވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
މި ކެމްޕޭނުގެ މިއަދު ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތްތަކުގެ ކައިރީގައި ފަންޑު ފޮށި ބަހައްޓާނެއެވެ. އަދި ޢާންމުކޮށް މީހުން އުޅޭ ބައެއް ސަރަހައްދުތަކުގައި ވެސް ފަންޑު ފޮށި ބަހައްޓާނެއެވެ.
“ތުރުކީ-ސޫރިޔާ ބިންހެލުމުގެ ކާރިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް ހިންގާ ’އެއް އުންމަތެކޭމީ!‘ ފަންޑްރައިޒިންގ ކެމްޕޭނުގެ ފަންޑު ފޮށިތައް ހުކުރު ދުވަހުގެ 11:00 އިން މެންދުރު 14:00 އަށް ގްރޭޓާރ މާލެ އޭރިޔާ ސަރަހައްދުގެ ހުކުރު ކުރާ ހުރިހާ މިސްކިތްތަކެއްގެ ކައިރީގައި ހުންނާނެ ވާހަކަ ދަންނަވަން.“ ޑރ.ޝަހީމް މިއަދު ވިދާޅުވިއެވެ.
ވީހާވެސް ގިނަ ބޭފުޅުން މިކަމުގައި ބައިވެރިވެލައްވައި މުސްލިމުން އަޚުންނާއި އުޚުތުންނަށް އެހީތެރިވެ ދެއްވުމަށް ޑރ.ޝަހީމް ވަނީ ގޮވައިލައްވައިފައެވެ.
ތުރުކީ-ސޫރިޔާ ބިންހެލުމުގެ ކާރިސާގައި ވެއްޓުނު ޢިމާރާތްތަކުގެ ދަށުވެ މަރުވި މީހުންގެ ޢަދަދު މިހާރު 50,000 ގާތްކުރެއެވެ. އޭގެ އިތުރުން އެތައް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ.
ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމަށްޓަކައި އިންޓަރނޭޝަނަލް އެއިޑް ކެމްޕޭންގެ އެކައުންޓު މެދުވެރިކޮށް ވެސް ފައިސާ ފޮނުއްވޭވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.
އެހީތެރިވުމަށް ތިރީގައިވާ އެކައުންޓު ޚިޔާރުކުރައްވާ!
ބީއެމްއެލް އިސްލާމިކް
އެކައުންޓް ނަމްބަރު: 7770000062741
އެކައުންޓް ނަން: International Aid Campaign
އެކައުންޓް ލޭބަލް: IAC | EMERGENCY
One Response
އެކައުންޓް ނަމްބަރު: 7770000062741
އެކައުންޓް ނަން: International Aid Campaign
ތުރުކީ ސީރިއާ ބިންހެލުމުގައި ޙާލުގއި ޖެހިފާވާ އަޅުގަނޑުމްނެގެ މުސްލިމް އުޚުތުންނަށް އެނހީވޭ. ޕްލީޒް. ޕްލީޒް