ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ޖަލުގައި އޮންނެވުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި އެމަނިކުފާނަށް އިންސާފު ލިބެންޖެހޭ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް ކާނަލް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
“ރައްޔިތުންގެ އުދާސްގެ ނަމުގައި އެމްއެންޕީން މިރޭ މާލޭގައި ބޭއްވި ޖަލްސާގައި ނާޒިމް ވިދާޅުވީ ރިޔާާސީ އިންތިޚާބު ބޯމަތިވަމުން އަންނައިރު އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ރިޔާސީ ރޭހަށް ނުކުމެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައިވާ އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ޖަލުގައި އޮންނެވުން ކަމަށެވެ.
“ރައީސް ޔާމީން ޖަލުގަ އޮވެގެން ނުވާނެ. ރިޔާސީ އިންތިޚާބުގައި ވާދަކުރެވެން ވާނެ އެބޭފުޅާއަށް. އެއީ އަޅުގަނޑު މިއަދު ގަބޫލުކުރާ ގޮތަކީ. އެ ނޫން ހާލަތެއް އޮވެދާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން,“
ނާޒިމް ވިދާޅުވީ ރައީސް ޔާމީނަށް އިންސާފު ލިބެންޖެހޭނެ ކަމަށެވެ. އަދި ރައީސް ޔާމީން އިންސާފު ލިބިގެން މެނުވީ, މި ރާއްޖޭގައި ބާއްވާ އެއްވެސް އިންތިޚާބެއް ފުރިހަމަ ނުވާނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
One Response
Ok