ރަށްރަށުގައި އެމްބިއުލާންސްގެ ޚިދުމަތް ފުޅާކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދަށުން ތިން ރަށަކަށް އެމްބިއުލާންސް ފޮނުވައިފި އެވެ.
އެމްބިއުލާންސް ފޮނުވާފައިވަނީ ހއ.ކެލާ، ގއ ދާންދޫގެ އިތުރުން ގދ ހޯޑެއްދޫއަށެވެ.
ހެލްތު މިނިސްޓްރީން ވިދާޅުވީ މި އެމްބިއުލާންސްތައް ފޮނުވާފައިވަނީ ސިއްޚީ ޚިދުމަތް ހޯދުމަށް އާންމުން އުފުލަންޖެހޭ ތަކުލީފަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއެއްގެ ތެރެއިން ފޯރުކޮށްދީފައިވާ އެމްބިއުލާންސްތަކެއް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން މީގެ ކުރިންވެސް ވަނީ އެމްބިއުލާންސްނެތް ހަތަރުރަށަކަށް އެމްބިއުލާންސް ފޮނުވާފައެވެ. އެއީ ބ.ފޮޅަދޫ، ފެހެންދޫ، ކިހާދޫގެ އިތުރުން ށ.ނޫމަރާ އަށެވެ.
ރަށްރަށަށް އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތަށް އެހީވުމަށް މިދިޔަ އަަހަރުގެ ފަހުކޮޅު ޖަޕާންސަރުކާރުން ވެސް ވަނީ21 ޕެރަމެޑިކް އެމްބިއުލާންސް ރާއްޖެއަށް ހަދިޔާކޮށްފައެވެ.