ޤައުމީ ދިދައިގެ މައްޗަށް އިންޑިއާ ދިދަ ނަގާކަށް ފުރުސަތެއް ނުދޭނަން: އަދުރޭ

Loading

February 12, 2023
profile
Facebook
Twitter
WhatsApp

މި ޤައުމަކު އިންޑިއާގެ ބާރެއް ނުހިންގޭނެ ކަމަށާއި ޤައުމީ ދިދައިގެ މައްޗަށް އިންޑިއާ ދިދަ ނަގާކަށް ފުރުސަތެއް ނުދެއްވާނެ ކަމަށް ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން ކުރަމުން އަންނަ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރޭ ބޭއްވި އެއްވުމުގައި އަދުރޭ ވިދާޅުވީ އިންޑިއާ މީހުންނަކީ ފެށުނީއްސުރެ މި ރާއްޖޭގެ ވެރިކަމާ ތޮޅެން ދަހިވެތިވެފައި ތިބި ބައެއް ކަމަށެވެ.

“ކަންނަންނޫރެއް އަލީ ރާޖާއެއް މޯދީއެއް އެހެން އެއްޗެއް ކިޔާނެ ކަމެއް ނެތް. ފެށުނީއްސުރެ މިކަން ކުރީ އެ މީހުން. ޕޯޗުގީޒުން ގެނައީ އެ މީހުން. މަލާބާރުން ގެނައީ އެ މީހުން. ބިޖޯރީން ގެނައީ އެ މީހުން. ތަމަޅައިން ގެނައީ އެ މީހުން.“ އިންޑިއާ މީހުންނަށް މި ޤައުމުން ޖާގައެއް ނުދޭނެކަން ފާހަގަކުރައްވައި އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ އެ ހިތްވަރު އެބަހުރި ކަމަށާއި ރައްޔިތުން ތިބީ އެ ހިތްވަރު ހުރި ލީޑަރެއްގެ ފަހަތްޕުޅުގައި ކަމަށާއި އެއީ ރައީސް ޔާމީން ކަމަށެވެ.

“އެ ހިތްވަރު ހުރި ލީޑަރެއްގެ ފަހަތުގައޭ މި ތިބީ. އެއީ ރައީސް ޔާމީނޭ. އަޅުގަނޑުމެންގެ ގައިގަ ހިނގަނީ ދިވެހި ލެޔޭ. އިބްރާހިމް މުޙައްމަދު ޞާލިޙް މޮޔަވީތަ.“ އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވަނީ ޚާރިޖީ ވަޒީރު ޝާހިދާއި ދިފާޢީ ވަޒީރު މާރިޔާ އަޙްމަދުދީދީއާއި ކަހަލަ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޝަމާލް ކަހަލަ ޣައްދާރުންނަކަށް މި ޤައުމުން ދެން ފުރުސަތެއް ނުދެއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

“އަޅުގަނޑުމެން މި ތިބީ ނިދާފައެއް ނޫން. އަޅުގަނޑުމެން މި ދައްކާ ވާހަކަ ދައްކަނީ އެނގިގެން. ނޭނގިގެން ކަރުދާސްގަނޑެއް ކައިރީގައި ބާއްވައިގެނެއްނޫން. އަޅުގަނޑުމެންގެ ހިތުގަ އުފެދޭ ޝުޢޫރު މީ. ޝުޢޫރު ކެކި އަރަނީ މި. ޝުޢޫރު ބަންޑުން ވަނީ މި. ކެތްކުރެވޭނީ ވަކިވަރަކަށް. ކެތްތެރިކަން ކޮޅުންލަނީ މި.“ ދިވެހިންގެ ކެތްތެރިކަން ކޮޅުންލީމާ ނިކަން ގޯސްވާނެކަން ފާހަގަކުރައްވަމުން ވަރަށް ފޯރިއާއި ޖޯޝާއެކު އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވަނީ ރައްޔިތުން މާޔޫސް ނުވުމަށާއި އުންމީދު ގެއްލުވައިނުލުމަށާއި ޔަޤީންކަން ބޭއްވުމަށް ގޮވައިލައްވައިފައެވެ. އަދި މި ތިއްބެވީ ސާބިތު ހަރުދަނާ ލީޑަރެއްގެ ފަހަތުގައިކަން ހަނދާންކޮށްދެއްވިއެވެ.

ފޮޓޯ: މިހާރު

Loading

2 Responses

  1. ތިހެން ކިޔާފައި އަވަހަށް އިންޑިޔާއަށް ދޭ! ކަލޭމެންގެ މަޅީގައި ޖެހިގެން ޓީސާޓް ލައިގެން ތެޅިގަތީމާ، ލަނޑު މިލިބެނީ ނިކަމެތި ރައްޔިތިންނަށެވެ. މިހިރީ ގަސްދުގައި ރައްޔިތުންނަށް މިމީހުންދޭ ލަޑެވެ.

  2. އަދުރޭ ބުންޏަސް ތެދެއްވާނީ ތެދަކަށެވެ. ހަމަ ހިލާ އިންޑީޔާމީހުނަށް ދިވެހި ގައުމު ދޫކޮށްލެވިގެން ނުވަނެއެވެ. ނަމަވެސް އިންޑިޔާގެ ރޯ އާއި ޑިޕޮލޮމޭޓުން ބޭނުންކޮށްގެން ނަޝީދު 2018ގައި ވެރިކަން އެމްޑީޕީ ގެ ކޯލިޝަނަށް ހޯދައިދިނުމުން އެ ކޯލިޝަން އެންމެގެ ނަގޫ އެވަނީ އިންޑިޔާގެ ވެރީންގެ ދަތި ތަނެއްގައި ތާށިވެފައެވެ. 2023 ގައި މި މީހުން އަތުން ވެރިކަން ބަދަލުކޮށް ޔާމީން އަށް ވެރިކަން ނުލިބިއްޖެނަމަ ދެން އިންޑިޔާގެ އަތްދަށުން މިގައުމު ސަލާމަތްވުން ވަރަށް ނާދިރެވެ. މިހާރު ހުރިކަހަލަ ބަލިކަށި ވެރިޔަކު ހުރެ އިންޑިޔާ ބޭނުން ކޮންމެކަމެއް ކޮށްލާނެއެވެ. އަދި 2023ގައި މި ބޭވަފާތެރިން ވެރިކަމުގައި ބޭތިއްބުމަށް އޯޕަން ބަޖެޓްގައި އިންޑިޔާއިން ޚަރަދުވެސް ކުރާނެއެވެ. އިންޑިޔާއަށް ގަައުމު ވިއްކުމުގައި ޝާހިދު މައުމޫނު ގާސިމް ނަޝީދު އިބޫ އިމްރާން ނަޒިމް ރަނގަޅަށް ބައިވެރިވާކަން މިހާރު އެގެއެވެ. މިއީ މަޢާފު ނުކުރެވޭނެ ވަރުގެ ގައުމަށް ގައްދާރުވުމެކެވެ. ވެރިކަމުގެ ދަހިވެތިކަމުގައި ދިވެހިރާއްޖެ ވަރަށް ނުރައްކާތެރި ފައްތަރަކަށް ކޮށްޕާލީއެވެ.
    ރައްޔަތުން ހޭލާށެވެ. ވެނުމަސް ވެނައް ކާންދޭ އުސޫލުން މި މީހުން ރައްޔަތުން އަތުން ޚިޔާނާތްތެރިވެ ހޯދި ފައިސާ ތަކާއި އިންޑިޔަގެ އޯޕަން ބަޖެޓުން ލިބޭ ފައިސާ އަހަރެމެނަށް ބަހާނެއެވެ. ފައިސާކޮޅެއް ލިބެންޏާނަގާށެވެ. ނަމަނަމަ މި އެމްޑީޕީ އާއި ކެހިވެރިފަތިސް އެޖެންޑާ19 ގެ ކޯލިޝަން އެއްވެސް ބައިވެރިޔަކަށް ވޯޓް ނުދެއެޗެވެ. ފުރަތަމަ ގައުމު. ދިވެހިންގެ ދިވެހިރާއްޖެ. ދިވެހިންގެ ބިން. #ފަރސްޓްދިވެހިން

Leave a Reply to އަލީ ޜަޝީދު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް